logo
Bank of Maldives

Bank of Maldives

ޚަބަރު

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި ދަރިންނަށް ވަށާޖެހޭ އެހީ ދިނުމަށް 3 މަރުކަޒެއް ޤާއިމުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ސެޕްޓެމްބަރު 2026 - 18:01
ހެލްތް މިނިސްޓަރު ގީލާ
ހެލްތް މިނިސްޓަރު ގީލާ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި އެމީހުންގެ ދަރިންނަށް ވަށާޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޚާއްޞަ މަރުކަޒުތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، މި މަރުކަޒުތަކަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ، އެމީހުން އަލުން އާއްމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފުރިހަމަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ ތަންތަން ކަމަށެވެ. އެގޮތުން މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ރ. އުނގޫފާރު އަދި އައްޑޫ ސިޓީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެތެރެއިން އައްޑޫ ސިޓީގައި ހަދާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިއަހަރުގެ ތެރޭގައި އިޢުލާނުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓް" ގެ ދަށުންނެވެ.

މި މަރުކަޒުތަކުން ލިބިގެންދާނެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "އެމީހުނަށް ބޭނުންވާ އެހީއާއި ރައްކާތެރިކަމާއި މާލީ އެހީވެސް ދޭނެ. އަދި ދަރިން ތިބިނަމަ، އެ ކުދިންގެ ސްކޫލްގެ ކަންކަން ހަމަޖެއްސުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް މަގުފަހިކޮށްދޭނެ،" ކަމަށެވެ. މީގެއިތުރުން އަނިޔާ ލިބޭ ފަރާތްތަކުގެ ނަފްސާނީ ޙާލަތުން އަރައިގަތުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހެނިހެން އެހީތެރިކަންވެސް މި ސެންޓަރުތަކުން ފޯރުކޮށްދޭނެއެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާއިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ގެވެށި އަނިޔާގެ 1,193 މައްސަލަ ވަނީ ހުށައަޅާފައެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އެކަނިވެސް 236 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ މައްސަލަ ހުށަހެޅެނީ މާލެ ސަރަޙައްދުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި ދަރިންނަށް ވަށާޖެހޭ އެހީ ދިނުމަށް 3 މަރުކަޒެއް ޤާއިމުކުރަނީޚަބަރު | ގަޑިއިރެއް ކުރިންސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާގެ އިސްރާފެއްޚަބަރު | 2 މަސް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިން