logo
Bank of Maldives

Bank of Maldives

ދުނިޔެ

އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީންގެ ކަޅި ސިރިޔާއަށް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
10 ޑިސެމްބަރު 2024 - 06:59
އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީންގެ ކަޅި ސިރިޔާއަށް

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީ ދައުލަތުން އެ ކަމުގެ ފައިދާ ނަގައި އިތުރު ބިންތައް އިސްތިޢުމާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި ޔަހޫދީން ވަނީ ސޫރިޔާގެ ޖޫލާނުގެ އުސް ބިންތައް އިސްތިޢުމާރުކޮށްފައެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ އިން ފަހަތަށް ޖައްސައި އިތުރު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލަށް ހިފާފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އަސަދު ވެއްޓުމަކީ އިސްރާއީލަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ނަތަންޔާހޫގެ މިކާމިޔާބީގެ ފަހަތުގައި ވަނީ ލުބުނާނުގައި އީރާނާއި ހިޒްބުاللهއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އަސަދުގެ ވެރިކަން ހަލަބޮލިވެގެން ދިޔަ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވަނީ އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީން އިތުރު މަގުތަކެއް ފަހިވެފައިވާ ކަމަށް ބުނެފައެވެ. މީގެއިތުރުން، އަސަދު ވެއްޓުމާ ގުޅިގެން އިސްރާއީލު ސިފައިން ދިމިޝްގަށް ވައިގެ ހަމަލާތަކެއް ދީފައިވަނީ އަސްކަރީ މުދަލަށް އަމާޒުކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ގޯލާން ހައިޓްސް ހިފަހައްޓަމުން ގެންދިއުމަކީ ދެބަސްވެ، ބައިނަލްއަގްވާމީ މުޖުތަމައު، އޭގެ ސައްހަކަމާ މެދު ބައިބައިވެފައިވާ މައްސަލައެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސަދުގެ ވެރިކަމުގެ އަސަރު ފޮހެލުމަށް ސީރިޔާގެ އާ ސަރުކާރުން މަސަތްކަތްކުރަނީދުނިޔެ | އަހަރެއް ކުރިންބައްޝާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާއަތްތައް ރޫޅާލަނީދުނިޔެ | އަހަރެއް ކުރިންއިޒްރޭލުން ސީރިޔާއަށް "އާރްތްކުއޭކް ބޮން" އަޅައިފިދުނިޔެ | އަހަރެއް ކުރިންސީރިއާ ދޫކޮށް ދާން ދުވަހަކު ވެސް ބޭނުމެއްނުވި: ބައްޝާރުދުނިޔެ | އަހަރެއް ކުރިން