އަސަދުގެ ވެރިކަމުގެ އަސަރު ފޮހެލުމަށް ސީރިޔާގެ އާ ސަރުކާރުން މަސަތްކަތްކުރަނީ

.jpg&w=3840&q=75)
29 ޑިސެމްބަރު 2024 - 10:31
ސީރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދަށް ވަފާތެރި ސިފައިންނާ ދެކޮޅަށް، އެ ޤައުމުގެ ވެރިކަމާ ޙަވާލުވެފައިވާ ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އެކި ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ފަށައިފިއެވެ.
މި ޙަރަކާތްތަކުގެ އަމާޒަކީ އަސަދުގެ ވެރިކަމުގެ އަސަރު ސޫރިޔާއިން ފޮހެލުން ކަމަށް އެޗްޓީއެސުން ވަނީ ސިފަކޮށްފައެވެ.
ސީރިއާގެ ދައުލަތުގެ ނޫސް އެޖެންސީ 'ސަނާ ' އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު ސީރިއާގެ އައްސޭރިފަށުގެ ލަތާކިއާ ސަރަހައްދުން އަސަދު މިލިޝިއާގެ ގިނަ އަދަދެއްގެ ބާކީ ތިބި މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންގެ ހަތިޔާރާއި ވަޒަން އަތުލައިގަތް ކަމަށް ވެސް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
އެ ސަރަޙައްދަކީ އަސަދަށް ތާޢީދުކުރާ އަލް-ޢަލާވިއްޔޫން ދަރިކޮޅުގެ މީހުން ގިނަ ސަރަޙައްދެކެވެ. އެއީ، އަސަދު ނިސްބަތްވެ ވަޑައިގަންނަވާ ދަރިކޮޅެވެ.ނަމަވެސް، މި އަސްކަރީ ޙަރަކާތުގައި އަލް-ޢަލާވިއްޔޫން ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް އެއްވެސް ފިޔަވަޅެއް ނާޅައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި، މި އަސްކަރީ ޙަރަކާތުގެ އަމާޒަކީ، އަސަދަށް ވަފާތެރި ސިފައިން ހޯދުންކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.މި ގޮތުން، އަސަދަށް ވަފާތެރި ސިފައިން ހަތިޔާރު ބަހައްޓަން މުޙުލަތެއް ދިނުމަށް ފަހު މި އަސްކަރީ ޙަރަކާތް ޙުމްސާއި، ޙަލަބު އަދި ދިމިޝްޤަށް ވެސް ވަނީ ފުޅާކޮށްފައެވެ.މި ބޮޑު އަސްކަރީ ޙަރަކާތް ފަށާފައި މި ވަނީ، ސޫރިޔާގެ ޠަރްޠޫސްގެ ރަށްބޭރުގެ ސަރަޙައްދެއްގައި ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ސޫރިޔާގެ ފުލުހުންގެ 14 މީހުން މަރައިލާފައިވަނިކޮށެވެ.
ސީރިއާގެ ވަގުތީ ދާޚިލީ މިނިސްޓްރީގެ މީޑިއާ އޮފީހުން ބުނީ ސަލާމަތީ ބާރުތަކުން އަސަދުގެ ވެރިކަމުގެ މެމްބަރުން ފަހަތުން ދުވަމުންދަނީ އެގައުމުގެ ސަރަހައްދު "ރައްކާތެރި ކުރުމަށް" ކަމަށާއި އެއީ ސަލާމަތީ ހާލަތަށް ބުރޫއަރާ ކަމެއް ކަމަށެވެ. އެ ކުންފުނިން ބުނީ އެ ކެމްޕޭން ފެށީ ކުރީގެ ސަރުކާރުގެ ވަފާތެރިން ވަކި މުއްދަތެއްގެ ތެރޭގައި "ހަތިޔާރު ހަވާލުކޮށް ކަންކަން ހަމަޖެއްސުމަށް" ނާކާމިޔާބުވުމުން ކަމަށެވެ.
އިތުރު ލިޔުންތައް

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ލުބުނާނާއި ސީރިއާގެ އެތައް ބަޔަކު ޝަހީދުކޮށްލައިިިފި
5 މަސް ކުރިން
އަބޫ މުހައްމަދު އަލް ޖުލާނީއަކީ ކާކު؟
4 މަސް ކުރިން
އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީންގެ ކަޅި ސިރިޔާއަށް
4 މަސް ކުރިން