logo
Bank of Maldives

Bank of Maldives

ދުނިޔެ

އިޒްރޭލުން ސީރިޔާއަށް "އާރްތްކުއޭކް ބޮން" އަޅައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
17 ޑިސެމްބަރު 2024 - 05:54
އިޒްރޭލުން ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދަށް އެޅި އާރްތްކުއޭކް ބޮން---- ފޮޓޯ/ވިއޮން
އިޒްރޭލުން ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދަށް އެޅި އާރްތްކުއޭކް ބޮން---- ފޮޓޯ/ވިއޮން

އިޒްރޭލުން ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދަށް އާރްތްކުއޭކް ބޮމެއް ވައްޓާލުމުން ބާރުގަދަ ގޮވުމެއް އުފެދި ރިކްޓާ މިންގަނޑުން 3.0 ގެ ބާރުމިނުގައި ބިންހެލުމެއް ސެންސަރުތަކުން ފެނިއްޖެއެވެ.

ސީރިޔާގެ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ޓާޓަސް ސިޓީ ކައިރީގައި އޮންނަ އައްސޭރިފަށުގެ ސަރަހައްދަށް ދިން މި ހަމަލާއަކީ 2012 ވަނަ އަހަރު އިސްރާއީލުން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ސީރިއާގެ އައްސޭރިފަށުގެ ސަރަހައްދަށް ދިން އެންމެ ބާރުގަދަ ހަމަލާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮންލައިންކޮށް ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތިގައި މި ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ވައިގެ ދިފާއީ ޔުނިޓްތަކާއި ސާފޭސް ޓު ސަރފޭސް މިސައިލް ޑިޕޯފަދަ އަސްކަރީ ބައެއް ސައިޓްތަކަށެވެ.

ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ އޮޕަރޭޝަންގެ ތަފްސީލުތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

މިދިޔަ ހަފުތާގައި އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށް، ވައިގެ ދިފާއުތައް ނައްތާލައި ސީރިއާގެ ބާކީ ހުރި އަސްކަރީ ގާބިލްކަން ނައްތާލުމުގެ މަގުސަދުގައި ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލު ސިފައިން ވަނީ ބޯޑަރު ބަފަރ ޒޯނެއް ވެސް ހިފަހައްޓައި، 1974 ވަނަ އަހަރު ސީރިއާއާއެކު ފަށާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތަކާއި ތުހުމަތުތައް އުފައްދައިފަ އެވެ.

އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އެ ސަރަހައްދު ހަލަބޮލިވެފައިވާއިރު، ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ފަދަ ހަނގުރާމަވެރިން ވަނީ ސީރިއާގެ މުހިންމު ސަރަހައްދުތައް ހަލުވިކަމާއެކު ކޮންޓްރޯލްކޮށްފަ އެވެ. ގައުމު އިތުރަށް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިޒްރޭލުން ސަރަހައްދީ މަންފާހޯދުމަށް މި ހާލަތުގެ ބޭނުން ހިފާފާނެ ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 5 މަސް ކުރިންފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެދުނިޔެ | 5 މަސް ކުރިންއިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއްދުނިޔެ | 9 މަސް ކުރިންއިޒްރޭލުގެ ޤަތުލްޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަޑުއުފުލައިފިދުނިޔެ | 9 މަސް ކުރިން