logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ސެޕްޓެމްބަރު 2024 - 07:41
ސަވާދިއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ އިސްވެރިންނާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު އަދި ކުޅިވަރާ ބެހޭ ވަޒީރު
ސަވާދިއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ އިސްވެރިންނާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު އަދި ކުޅިވަރާ ބެހޭ ވަޒީރު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަދި އެގްރޯ ނެޓް ކޯޕަރޭޝަން އުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެމްއައިޓީޑީސީއާއި އެގްރޯނެޓް އުވާލަން ނިންމީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ފަންޑް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލުމުގެ މަސައްކަތް ކުރާއިރު، އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންގޮސް، އެ ދާއިރާއިން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، އެމްއައިޓީޑީސީ އިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރަން އުފައްދާފައިވާ އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މި ސަރުކާރުން އެ ކުންފުނިތަކަށް ބަދަލުގެނައުމަށް ނިންމީ، ޚަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެސްއޯއީތައް ރިފޯމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި ޚަބަރު | 2 މަސް ކުރިން ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިންސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކޮށްފިޚަބަރު | 3 މަސް ކުރިންސީޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިޚަބަރު | 4 މަސް ކުރިން