logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އެމްޑީޕީގެ އެއްވުން ބާއްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން: މަމްދޫހް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
10 ޑިސެމްބަރު 2024 - 10:12
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް -- ފޮޓޯ: މަޖިލިސް
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް -- ފޮޓޯ: މަޖިލިސް

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްވުން ބާއްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަމްދޫހް ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް ވިސްނުމަކީ މަގުމައްޗަށް ނުކުމެ، އެއިރެއްގައި އޮންނަ ވެރިކަމަކަށް އުނދަގޫ ކުރުން ކަމަށާއި، އެކަމުގެ ތެރެއިން މިރޭ ބާއްވާ ޖަލްސާ ވެސް ބޭއްވެނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރޭ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ރައީސް މުޢިއްޒު އަށް ރައީސް އަމީންއަށް ހެދި ގޮތަށް ހެދުމަށް ގޮވާލެއްވި ގޮވައިލެއްވުމަށް އިޝާރަތްކުރައްވަމުން މަމްދޫހް ވިދާޅުވީ، މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގެ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށާއި، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ސިޔާސީ ގޮތެއްގައި ވިޔަސް އަދި އެ ނޫން ވެސް ގޮތެއްގަިއ ވިޔަސް، އެއް ދިވެއްސަކު އަނެއް ދިވެއްސަކަށް އަނިޔާވެރިވުމަށް ގޮވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، އަނިޔާވެރިވުމަށް ވެސް ދިވެހީންނެއް ތައީދެއް ނުކުރާނެ ކަމަށެވެ.

މެންބަރު ވިދާޅުވީ، އެމްޑީޕީން އިހުތިޖާޖް ކުރަނީ ގައުމުގެ ކަންކަން ހަމަޖައްސައި، ތަރައްގީ ކުރުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ގާނޫނު އަސާސީގެ ދިފާއުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | 15 ގަޑިއިރު ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | 19 ގަޑިއިރު ކުރިންކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިން