logo
Bank of Maldives

Bank of Maldives

ދުނިޔެ

ބައްޝާރުގެ ވެރިކަން ވެއްޓުމާއެކު، ސެޑްނާޔާ ޖަލު ހާމަވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
11 ޑިސެމްބަރު 2024 - 08:23
 ބައްޝާރުގެ ވެރިކަން ވެއްޓުމާއެކު، ސެޑްނާޔާ ޖަލު ހާމަވެއްޖެ

ސީރިޔާގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމުން  ފާއިތުވި 40 އަހަރުގެ ތެރޭގައި އެތައް ހާސް ބަޔަކަށް އަނިޔާކޮށް، ނިކަމެތިކޮށް، މަރާލާފައިވާ ސެޑްނާޔާ ޖަލު ފަދަ ބިރުވެރި ތަންތަން ހާމަވާން ފަށައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ސެޑްނާޔާ ޖަލުގެ ތެރެއިން ބިމުގެ އަޑީގައި އޮތް ކަނޑިއެއް ފެނުމުން، ލައްކައަކަށްވުރެ ގިނަ ސިޔާސީ ގައިދީން ތާށިވެފައި ތިބިކަން ހާމަވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލިކަމެއް ނުވަތަ ވެންޓިލޭޝަނެއް ނެތް ޖަލުގެ އަޑީގައި ވާ ގޮޅިތަކުގެ ސަބަބުން އެތައް ބަޔަކު މަރުގެ އައްސޭރިއަށް ވެއްޓިފައިވާއިރު، އެމީހުން ސަލާމަތް ކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

ވައިޓް ހެލްމެޓްސް އާއި ލޯކަލް އޮތޯރިޓީން ވަނީ ކޮންކްރީޓް ލޭޔަރުތައް ފަޅާލައި ތާށިވެފައި ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް ހާއްސަ ޓީމްތަކެއް މޮބިލައިޒްކޮށްފަ އެވެ. ނަމަވެސް ކޮމްޕްލެކްސް އިލެކްޓްރޯނިކް ލޮކިން ސިސްޓަމެއްގެ ސަބަބުން ކުރިއެރުމަށް ހުރަސް އެޅުމުގެ ސަބަބުން ސީސީޓީވީ މޮނިޓަރުން ފެންނަން ހުރި ނަމަވެސް ލައްކައަކަށް ވުރެ ގިނަ ގައިދީން އަދިވެސް ޖަލުގައި އެބަތިއްބެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން އެތަން "އިންސާނުންގެ ކަތިލާ ތަނެއް" ގެ ގޮތުގައި ލޭބަލްކޮށްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މަރުގެ އަދަބު ދިނުމާއި ބަނޑުހައިހޫނުކަމާއި ބޭސްފަރުވާ ނުލިބުމުގެ ސަބަބުން 30،000  އަށް  ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސަދުގެ ވެރިކަމުގެ އަސަރު ފޮހެލުމަށް ސީރިޔާގެ އާ ސަރުކާރުން މަސަތްކަތްކުރަނީދުނިޔެ | އަހަރެއް ކުރިންބައްޝާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާއަތްތައް ރޫޅާލަނީދުނިޔެ | އަހަރެއް ކުރިންއިޒްރޭލުން ސީރިޔާއަށް "އާރްތްކުއޭކް ބޮން" އަޅައިފިދުނިޔެ | އަހަރެއް ކުރިންސީރިއާ ދޫކޮށް ދާން ދުވަހަކު ވެސް ބޭނުމެއްނުވި: ބައްޝާރުދުނިޔެ | އަހަރެއް ކުރިން