ސައިބާ ޑޮމެއިންގަ ވެސް ދިވެހި ދައުލަތާ ރައްޔިތުން ހިމާޔަތްކުރެއްވުމަކީ ރައީސްގެ އެންމެ އިސް އެއް ސިޔާސަތު: ޣައްސާން


11 ޑިސެމްބަރު 2024 - 16:12
އާންމު މުޖުތަމައުގެ ތެރޭގަ ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދެއްވާ ފަދައިން ސައިބާ ޑޮމެއިންގަ ވެސް ދިވެހި ދައުލަތާ ރައްޔިތުން ހިމާޔަތްކުރެއްވުމަކީ ރައީސްގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ސައިބާ އެކްސްޕޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ އަލަށް ތައާރަފް ވަމުން މިދާ ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ މަޝްރަހަށް ވަަރަށް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށާއި ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ހޯދާ ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ގެއްލުން ލިބޭފަދަ ހާލަތްތައް ކުރިމަތިކުރުމުގެ ފުރުސަތުތައް ގިނަ ވަމުން ދާ ކަމަށެވެ. އަދި މި ސަބަބުތަކާހުރެ އާންމު މުޖުތަމައުގެ ތެރޭގަ ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދެއްވާ ފަދައިން ސައިބާ ޑޮމެއިންގަ ވެސް ދިވެހި ދައުލަތާ ރައްޔިތުން ހިމާޔަތްކުރެއްވުމަކީ ރައީސްގެ އެންމެ އިސް އެއް ސިޔާސަތުކަމަށެވެ.
"މިކަމުގެ ތެރެއިން މި އަހަރު މާޗް މަހުގެ 18 ވަނަ ދުވަހު ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީއެއް ވަނީ އުފައްދަވާފަ. އެއީ ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ ވުޒާރާތަކާ އާންމު ވިޔަފާރިތަކާ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިމާޔަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރެއްވުމަށް . އަޅުގަނޑުމެންގެ ގާބިލު ހޯމް މިނިސްޓަރ އަލީ އިހުސާންގެ ލަފާފުޅާ އެއްކޮށް ދިވެހި ފުލުހުންގެ އިސްނެންގެވުމަށް މިރޭ މި ފެށޭ ސައިބާ ސެކިއުރިޓީ އެކްސްޕޯއަކީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމަށް ވަރަށް މުހިންމު ހަރަކާތެއް."
މި ހަރަކާތުގެ ތެރެއިން ސައިބަ ޑޮމެއިންގަ ދިމާވެދާނެ ނުރައްކާތެރިކަމަ ގޮންޖެހުންތައް އަޅުގަޑުމެން އެންމެންނަށް ފަސޭހައިން ދެނެގަނެވެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
10 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
10 މަސް ކުރިން