logoEN
ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: ހަނިގޮތަކަށް ބާސެލޯނާ ޑޯޓުމަންޑުކައިރިން ސަލާމަތްވެއްޖެ

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ޔަމާލް. ފޮޓޯ: ފަބްރީޒިއޯ

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ޔަމާލް. ފޮޓޯ: ފަބްރީޒިއޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 ޑިސެމްބަރު 2024 - 06:22

ޔުއޭފާ ޗެންޕިއަންސްލީގުގައި ޖަރުމަނުގެ ބްރޫޝިޔާ ޑޯޓްމަންޓް އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއްވެ. މި މެޗުން ބާސެލޯނާ މޮޅުވީ 2-3 ންނެވެ.

މެޗުގެ ބޮޑުބައެއްގެ ބޯޅަ ކޮންޓްރޯލްކޮޑްގެން ބާސެލޯނާއިން ކުޅުނުކަމުގައިވިޔަށް މެޗުގައި ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވަނީ ޑޯޓްމަންޑުންނެވެ. ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑުނެގީ ބާސެލޯނާއިންނެވެ. މިގޯލް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ފޯމުގައި ހުރި ރަފީނިޔާއެވެ. އޭނާ ވަނީ މިސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހާދީފައެޗެ. މެޗުގެ ނަތީޖާ ހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ގުއިރާސީއެވެ. ނަމަވެސް ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކުޅެންއެރި ފެރާން ވަނީ 4 މިނެޓުތެރޭގައި ގޯލުޖަހާފައެވެ. އަދި އޭގެ 2 މިނެޓުފަހުން ގުއިރާސީ ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. ބާސެލޯނާގެ މޮޅުވިގޯލު ކާމިޔާބުކޮށްދިނީވެސް މެޗުގެ ފަހު 5 މިނެޓުގައި ފެރާންއެވެ.

ރޭގެ މޮޅާއެކު ބާސެލޯނާއޮތީ ޗެންޕިއަންއަންސް ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އަދި ޑޯޓްމަންޑް ވަނީ ތާވަލުގެ 9 ވަނައަށް ވެއްޓިފައެވެ. ޗެންޕިއަންސް ލީގުގައި ބާސެލޯނާ ދެންނިކުންނާނީ ބެންފީކާ އާއި އެޓަލާންޓާއާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder