ޔުއޭފާ ޗެންޕިއަންސް ލީގު: މެންޗެސްޓަރ ސިޓީ ބަލިވެ މުބާރާތުން ވަކިވުމާގާތަށް

ޗެންޕިއަންސް ލީގުގައި ހޯދި ދަށް ނަތީޖާތަކާއެކު ސިޓީވަނީ މުބާރާތުން ވަކިވާންޖެހިދާނެކަމުގެ ބިރު ހީވެފައި. ފޮޓޯ: ފަބްރީޒިއޯ

12 ޑިސެމްބަރު 2024 - 07:31
ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭގައި ޔުވެންޓަސް އާއި ބައްދަލުކުރިމެޗުން ސިޓީ ބަލިވެ މުބާރާތުން ވަކިވާންޖެހިދާނެކަމުގެ ބިރުހީވާން ފަށައިފިއެވެ. ރޭގެ މެޗުން ސިޓީ ބަލިވީ 2-0 ންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުފެށިގެން 8 މިނެޓުތެރޭގައި ލަހޮވިޗް ވަނި ބޮލުން ގޯލެއްޖަހައި ޔުވެންޓަސް އަށް ލީޑުނަގާދީފައެވެ. އަދި ޔުވެންޓަސްގެ ދެވަނަ ގޯލުކާމިޔާބު ކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި މެކެނީއެވެ.
ރޭގެ ބައްޔާއެކު ސިޓީ ވަނީ އެންމެ ފަހުން އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން ބަލިވެފައެވެ. އަދި މީގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މި ސީޒަނުގައި ޗެންޕިއަންސް ލީގުގައި ލިބުނު 8 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ 22 ވަނައިގައެވެ. މުބާރާތުގެ ގަދަ 25 ގައި ލައްވާނުލައިފިނަމަ މުބާރާތުން ވަކިވާނެއެވެ. ރޭގެ މޮޅާއެކު ޔުވެންޓަސް އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.
ރޭގެ މެޗަށްފަހު ގަޑިއޯލާ ބުނެފައިވަނީ ސިޓީގެ އަސްލުފެންވަރު ދާދިއަވަހަށް ފެންނާނެ ކަމަށާއި ސިޓީ އަލުން އެނބުރި އަންނާނެކަމަށެވެ.
އިތުރު ލިޔުންތައް

އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
ޗެންޕިއަން މެންޗެސްޓަރ ސިޓީއަށް އުނދަގޫ މޮޅެއް.
6 މަސް ކުރިން.png&w=3840&q=75)
އިނގިރޭސި ޕްރީމިއަރ ލީގު: ފަހުގެ ޗެންޕިއަން ސިޓީއަށް ލީގުގެ ފުރަތަމަ ބަލި
5 މަސް ކުރިން