logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިފާނުގައި ގެއްލުންވި މިނިސްޓްރީތައް ދަރުބާރުގެއަށް

އާމިނަތު ޝަފާ
13 ޑިސެމްބަރު 2024 - 03:47
އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ
އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ނިންމައިފިއެވެ.

އަލިފާން ރޯވީ ހައުސިން މިނިސްޓްރީ ހިންގަމުން ދިޔަ މ. ގްރީން ބިލްޑިން އިމާރާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީވެސް ހިންގަމުން އަންނައިރު އެ ކޮށީގައި ސިޓީ ކައުންސިލްގެ ބައެއް ވެސް ހިންގައެވެ.

އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ތިން މިނިސްޓްރީގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ. 

މި އޮފީސްތަކުގެ މަސައްކަތް ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކުރަން ނިންމާ އެ މަސައްކަތް ފަށާފައިވާިއރު އަންނަ އާދިއްތަ ދުވަހު ހިދުމަތް ދެވޭވަރަށް އޮފީސްތަކުގެ ސެޓަޕްތައް ހަދާ ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންކަން މެންދުރު ޓީވީއަށް ވަނީ އެނގިފައެވެ. އަދި މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ ވިހާ ކުދިންގެ ރަޖިސްޓްރީ ހެއްދުމުގެ ހިދުމަތް ދެމުން އައި ވައިޓަލް ސެކްޝަންގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ހުޅުމާލޭގައި ހުންނަ މާލެސިޓީ ކައުންސިލްގެ ހުޅުމާލޭގެ އޮފީހުންގައިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އެ އިމާރާތް ވަަށައިގެން ހުރި އެހެން އިމާރާތްތަކުން ވެސް މީހުން ހުސްކޮށްފައިވާއިރު ބައެއް ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ މަރުވެއްޖެޚަބަރު | 2 ދުވަސް ކުރިންއައްޑޫ ފޭދޫ ސްކޫލުގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް، ރޯވި އަލިފާންގަނޑު ނިއްވާލައިފިޚަބަރު | 10 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | 25 ދުވަސް ކުރިންރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިން