logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިސްޓްރީތައް ދަރުބާރުގެއަށް، ހިދުމަތްދޭން ފަށައިފި

އާމިނަތު ޝަފާ
15 ޑިސެމްބަރު 2024 - 03:57
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފިއެވެ.

އަލިފާން ރޯވީ ހައުސިން މިނިސްޓްރީ ހިންގަމުން ދިޔަ މ. ގްރީން ބިލްޑިން އިމާރާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީވެސް ހިންގަމުން އަންނައިރު އެ ކޮށީގައި ސިޓީ ކައުންސިލްގެ ބައެއް ވެސް ހިންގައެވެ.

އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ތިން މިނިސްޓްރީގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.

މި އޮފީސްތަކުގެ މަސައްކަތް ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކޮށް މިއަދު ވަނީ އެ ތަންތަނުން ދެމުން ދާ ހިދުމަތްތައް އަލުން ފަށާފައެވެ.

އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ގުޅޭ ޢިމާރާތުގައި ހިންގަމުން ދިޔަ، ވައިޓަލް ރެޖިސްޓްރޭޝަނާއި، ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދެ ޑިޕާރޓްމަންޓުގެ މަސައްކަތް، އަލުން ފަށައިގެން ކުރިއަށް ގެންގޮސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އޭރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 3 މިނިސްޓްރީއާއި، މާލޭ ސިޓީ ކައުންސިލްގެ ޢިމާރާތަކީ މުހިންމު ޚިދުމަތްތަކެއް ދެއްވަމުން އަންނަ ތަންތަން ކަމަށްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ތަންތަނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ޓަކައި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢިމާރާތްތައް ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީގެ ޕަބްލިކްވޯރކްސް ޑިޕާރޓްމަންޓުން މިހާރުވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 2 ދުވަސް ކުރިންރާއްޖޭގައި، ދުވާލަކު ބޮލަކަށް 123 ލީޓަރު ފެން މީރުކުރޭޚަބަރު | 7 ދުވަސް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 7 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިޚަބަރު | 7 ދުވަސް ކުރިން