logo
E-Platinum
ޚަބަރު

ސީރިޔާގެ ގޯލާން ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިވާން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
16 ޑިސެމްބަރު 2024 - 09:24
ސީރިޔާގެ ގޯލާން ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިވާން ނިންމި ނިންމުން ރާއްޖެއިން  ކުށްވެރިކޮށްފި

އަރަބި ބިންތަކަށް ގަދަ ބާރުން ވެރިވެގަންނަން މަސައްކަތްކުރާ ޣައިރު ގާނުނީ އިސްރާއީލުން ސީރިއާގެ ބިމުން ހިފާފައިވާ ގޯލާނުގެއުސް ބިންތަކުގައި ޔަހޫދީ އާބާދީ ވަޒަވެރިކުރަން ނިންމުމާ ގުޅިގެން ރާއްޖެއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ނިންމުމަކީ ބައިނަލްއަޤުވާމީ އެންމެހައި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި މި ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށް ބަޔާނުގައިވެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ސީރިޔާގެ ގޯލާން ހައިޓްސް ގެ ބިންތަކަށް ނުޙައްޤުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި، އިސްރާއީލުން ސީރިޔާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަށް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ޤަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައި މީގެ އިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ މަޖިލީހުގެ ޤަރާރު 497 (1981) ފަދަ އދ.ގެ ކަމާގުޅޭ ޤަރާރުތަކަށް ޢަމަލުކުރުމަށް އިސްރާއީލަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގޯލާންގެ އުސް ބިންތަކުގައި ތިބި ޔަހޫދީންގެ ައދަދު ދެ ގުނައަށް އިތުރުކުރާނެ ކަމަށް ބުނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. ސީރިއާގައި ދިގު ވެރިކަމެއް ކުރަމުން އައި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން، ދަނޑިވަޅުގެ ބޭނުން ހިފައި ސޫރިޔާގެ ހާލަތު ގަޑުބަޑުކުރުމަށް ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުން ވަނީ މަސައްކަތް ފަށައިފައެވެ.އެގޮތުން ޖަބަލް އަލް-ޝައިޚުގެ ހިސާބުތަކަށް ވެސް ވަނީ ޔަހޫދީން އަރައިގެންފައެވެ.

މި ބިމަށްވެސް ޔަހޫދީން އަތް ގަދަކޮށްފައިވަނީ ފަލަސްތީނުގެ ބިމަށް އަތްގަދަކުރަން މިހާރު ގެންގުޅެމުންދާ އުސޫލުގެ ތެރެއިންނެވެ.

މި ބިންތަކުގައި ޔަހުދީންގެ 31،000އަށް ވުރެ ގިނަ މީހުން މިހާރުވެސް ދިރިއުޅެއެވެ. އަދި މި ސަރަހައްދުގައި ދިރުއުޅޭ ސީރިޔާއަށް ނިސްބަތްވާ އަލް-މުވައްޙިދުންގެ 24،000އަށް ވުރެ ގިނަ މީހުން ވެސް ދިރިއުޅެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީޚަބަރު | 3 މަސް ކުރިންފަލަސްތީނު ރައްޔިތުން ސައުދީއަށް ފޮނުވާލަން ބުނުމުން އެކަން ކުށްވެރިކޮށްފި ޚަބަރު | 6 މަސް ކުރިންފޮރިން މިނިސްޓަރ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ. އަށް ފުރާވަޑައިގެންފިޚަބަރު | 7 މަސް ކުރިންފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގެންފިޚަބަރު | 7 މަސް ކުރިން