logoEN
ޚަބަރު

ރަޙީނުން މިނިވަންކުރަން ގޮވާލައި ޓްރަމްޕްގެ އިންޒާރު ހަމާސްއަށް

އާމިނަތު ސަފާއާމިނަތު ސަފާ

17 ޑިސެމްބަރު 2024 - 12:44

ޔަހޫދީ އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި ރަހީނުކޮށްފައިވާ ޔަހޫދީން މިނިވަން ނުކޮށްފިނަމަ ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރާނެކަމުގެ އިންޒާރު އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޕްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމާސްއަށް ވަރަސް ބޮޑަށް ފަޑުކިޔައި ޓްރަމްޕް ވިދާޅުވީ އޭނާ މަގާމުގެ ހުވާ ކުރައްވާ، އަންނަ ޖަނަވަރީމަހުގެ 20 ވަނަ ދުވަހުގެ ކުރިސް ޔަހޫދީ އަސީރުން މިނިވަން ކުކޮށްފިނަމަ ބޮޑެތި މުސީބާތްތަކެއް ހަމާސްއަށް ކުރިމަތިކުރުވާނެކަމަށެވެ. އަދި ވެރިކަމާ ހަވާލުވުމުގެ ކުރިން ޣައްޒާ ހަނގުރާމަ ނުހުއްޓައިފިނަމަ ނަތީޖާ ހިތިވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޔަހޫދީން ބުނާ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ޔަހޫދީންގެ 100 އެއްހާ މީހުން އަދިވެސް އެބަތިއްބެވެ.

ރަހީނުކޮށްފައިވާ ޔަހޫދީން މިނިވަން ކުރުމަށް ގޮވާލައި އެމީހުންގެ އާއިލާތަކުން މިއަދުވެސް ވަނި ވެރިކަން ކުރާ ލިކޫޑް ޕާޓީ ހިންގާ އިމާރާތުގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

އެމީހުން ވަނީ ތެލްއަވީވްގެ މެދުތެރޭގެ ކިންގް ޖޯޖް ސްޓްރީޓް ބަންދުކޮށް އަޑުއުފުލާފައެވެ.

މި ހަނގުރާމަ ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 45،059 މީހަކު މަރުވެފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 1،07،041 އަށް އަރާފައެވެ.

ކޮމެންޓް

871x217_placeholder