logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްނޮލޮޖީގެ ދިރާސާތަކަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލް ތަޢާރަފުކޮށްދެއްވައިފި

އާމިނަތު ޝަފާ
17 ޑިސެމްބަރު 2024 - 14:02
ޓެކްނޮލޮޖީގެ ދިރާސާތަކަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލް އިފްތިތާހުކޮށްދެއްވަނީ
ޓެކްނޮލޮޖީގެ ދިރާސާތަކަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލް އިފްތިތާހުކޮށްދެއްވަނީ

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް، މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ (އެމްޖެޓް) ރަސްމީކޮށް ތަޢާރަފުކޮށްދެއްވައިފިއެވެ.

މި ޖާނަލަކީ ދިވެހިރާއްޖޭގައި އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރެވޭ ދިރާސާތަކާއި ކުރިއެރުންތައް ހިއްސާކުރުމަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޢިލްމީ އަދި ޓެކްނިކަލް ދާއިރާތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، މި ޖާނަލް ތަޢާރަފުކުރުމަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު އީޖާދުތަކާއި ޙައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޖެޓްގެ މައިގަނޑު މަޤްޞަދަކީ އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ދިރާސާކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ދިރާސާތައް ޝާއިޢުކުރުމަށް ޚާއްޞަ މަންސައެއް ގާއިމުކޮށްދިނުމެވެ. މި ޖާނަލްގައި ޝާއިޢުކުރެވޭ ހުރިހާ މަޒުމޫނުތަކަކީވެސް ޕިއަރ-ރިވިއުކުރެވޭ، އަދި އޯޕަން އެކްސެސް މަޒުމޫނުތަކެކެވެ.

އެމްޖެޓްގައި ޝާއިޢުކުރެވޭ ހުރިހާ މަޒުމޫނުތަކެއްވެސް ކްރިއޭޓިވް ކޮމަންސް އެޓްރިބިއުޝަން (ސީސީ ބައި) ލައިސަންސްގެ ދަށުން ޝާއިޢުކުރެވޭނެއެވެ. މީގެ މާނައަކީ މަޒުމޫނުގެ އަސްލު ލިޔުންތެރިޔާއަށް ކްރެޑިޓް ދިނުމާއެކު، އެ މަޒުމޫނު ބޭނުންކުރުމާއި، ހިއްސާކުރުމާއި އަދި އުފެއްދުންތެރި މަސައްކަތްތަކުގައި ބޭނުންކުރުމުގެ ފުރުޞަތު އެންމެންނަށް ހުޅުވިގެންދާނެ ކަމެވެ.

މި ޖާނަލްގައި ތިއަރެޓިކަލް، ކޮމްޕިއުޓޭޝަނަލް އަދި އެކްސްޕެރިމެންޓަލް ދިރާސާތައް ޝާއިޢުކުރެވޭނެއެވެ. އަދި މި ޖާނަލްގެ ސަބަބުން އާ ހޯދުންތަކާއި ދިރާސާތައް ހިއްސާކުރުމަށް އޯޕަން އެކްސެސް މެކޭނިޒަމެއް ގާއިމުވެގެންދާނެއެވެ. މިއީ ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮގްރާމްއެކެވެ. ވަކިން ހާއްސަކޮށް ދިވެހިންނަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްޚަބަރު | 4 މަސް ކުރިންކަރަންޓް ނުލިބޭ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރަން: ތޯރިގްޚަބަރު | 4 މަސް ކުރިންވަޒީރު ތޯރިގަށް ރުހުން ހޯދުމާއި، މިނިސްޓްރީތަކަށް ގެންނެވި ބަދަލުތައް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި ޚަބަރު | 7 މަސް ކުރިންޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، ދެ ވުޒާރާގެ ވަޒީރަކަށް ތާރިޤު އައްޔަނުކުރައްވައިފިޚަބަރު | 8 މަސް ކުރިން