logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ޕީޕީއެމް އުވާލުމުގެ މަސައްކަތް އީސީ އިން ފަށައިފި

ހުސައިން ވަސީމް
18 ޑިސެމްބަރު 2024 - 11:44
ޕީޕީއެމް އުވާލުމުގެ މަސައްކަތް އީސީ އިން ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވައިލުމުގެ މަސައްކަތް ކުރަމުން އަންނާތީ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމާއި އިތުރު އެއްވެސް މުއާމަލާތެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕީއެމް އުވާލުމަށް ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕީ.ޕީ.އެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، ޕާޓީ އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް އިލެކްޝަންސް އިން ވަނީ އެދިފަ އެވެ.

ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ. އެ ޕާޓީ އުވާލަން ހުށަހެޅުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ، އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މިނިސްޓަރު އަހުމަދު ޝިޔާމާއި މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފިޚަބަރު | 3 ގަޑިއިރު ކުރިންވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިޚަބަރު | 2 ދުވަސް ކުރިންވޯޓަރސް ލިސްޓުގައި ސޮއި ކުރުން މި މަހުގެ 17 އިން ފެށިގެންޚަބަރު | 3 ދުވަސް ކުރިންވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިން