logo
E-Platinum
ޚަބަރު

ނައިބު ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

އަޙްމަދު ޒަލީފް
18 ޑިސެމްބަރު 2024 - 17:37
 ނައިބު ރައީސް  ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިއެވެ.

ނައިބްރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މި މަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރި ފޯރަމެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާވެސް ބައްދަލުކޮށްލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | 2 މަސް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 2 މަސް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންމޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކުރާނެ ކަމެއް ނޫން – ރައީސުލްޖުމްހޫރިއްޔާގެ ނައިބުޚަބަރު | 5 މަސް ކުރިން