logo
Bank of Maldives

Bank of Maldives

ޚަބަރު

އުރީދޫ ފަންރަންގައި ބައިވެރިވެގެން ކޮލޮމްބޯ އަށް ދެ ކޮޅު ޓިކެޓް

ސުދާ ލަތީފް
20 ޑިސެމްބަރު 2024 - 06:29
އުރީދޫ ފަންރަންގެ ތެރެއިން
އުރީދޫ ފަންރަންގެ ތެރެއިން

މިއދު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަންރަންގެ ބައިވެރިންގެ ތެރެއިން ދެ މީހަކަށް ކޮލޮމްބޯ ދެ ކޮޅު ޓިކެޓް ދިނުމަށް އުރީދޫއިން ނިންމައިފި އެވެ.

އުރިދޫ އާއި ފިޓްސްއެއާ ގުޅިގެން ދޭ މި އިނާމު ލިބެނީ ހުކުރު ދުވަހު ހަވީރު 5:45 ގެ ކުރިން ފަންރަންގައި ރަޖިސްޓްރީވެ، ގޯޕްލޭ އެޕް ޑައުންލޯޑްކޮށް، އެޕްގައި ސައިންއަޕްކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުރީދޫ ފަންރަންގެ ހަރަކާތްތައް ބާއްވާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ.

ފިޓްސްއެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ޝާފިޔާ ކަރީމް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ފަންރަން 2024 ގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި މިއީ އުރީދޫއާއެކު ކުރިއަށް ގެންދާ އެންމެ ފުރަތަމަ ކޮލަަބްރޭޝަން ކަމަށެވެ. އަދި މި ޕާޓްނާޝިޕްއަކީ ފިޓްސްއެއާރ އިން މުޖުތަމައުތައް ގުޅާލައި، ދަތުރުފަތުރުގެ ވަސީލަތްތައް އަތްފޯރާ ފަށަށް ގެނެސް ކަސްޓަމަރުންނަށް އުފާވެރި ތަޖުރިބާތަކެއް ގެނެސްދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭކަމަށޭވެ.

އުރީދޫ އިން ބުނީ ނަސީބުވެރިން ހޮވުމަށް ހަމަޖެހިިފައިވަނީ ޑްރޯންއަކުން ކަމަށާއި ފައިނަލް އިވެންޓް ބާއްވާ ދުވަހު ހަވީރު 5:45 ގައި އުރީދޫ ފަންރަން މައި ސްޓޭޖްގައި ލައިވްކޮށް އިއުލާނު ކުރާނެ ކަމަށެވެ.

ގްރޭންޑް ގިވްއަވޭގެ އިތުރުން ފިޓްސްއެއާ އިން އަންނަނީ މި އޮފާއަށް ރަޖިސްޓްރީވާ ހުރިހާ ބައިވެރިންނަށް ކޮލޮމްބޯއަށް ކުރާ ދަތުރުތަކުން 15 ޕަސެންޓް ޑިސްކައުންޓް ވެސް ދިނުމަށް ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭޕަލްގެ ޚިދުމަތް ލިބޭ ސަރަހައްދުގެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ފަޚުރެއް: ނިޔާޒްޚަބަރު | 25 ދުވަސް ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | މަހެއް ކުރިންމި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފިޚަބަރު | 6 މަސް ކުރިންއަލިބާބާ ޕްލެޓްފޯމުގައި ދިވެހީންނަށް މިހާރު މުދާ ވިއްކޭނެ: ރައީސްޚަބަރު | 7 މަސް ކުރިން