logo
ޚަބަރު

ސްކޮލަރޝިޕްގައި ކިޔަވަން ފަށާ، ޕްރޮގްރާމް ބަދަލުކުރެވޭ ގޮތަށް އުސޫލަށް ބަދަލެއް!

އާމިނަތު ޝަފާ
20 ޑިސެމްބަރު 2024 - 12:33
ސްކޮލަރޝިޕްގައި ކިޔަވަން ފަށާ، ޕްރޮގްރާމް ބަދަލުކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައި
ސްކޮލަރޝިޕްގައި ކިޔަވަން ފަށާ، ޕްރޮގްރާމް ބަދަލުކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައި

ސްކޮލަރޝިޕްގައި ކިޔަވަން ފަށާ ޕްރޮގްރާމް ވަކި ހިސާބަކުން ބަދަލު ކުރުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވާ މަތީސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ދިވެހި ސަރުކާރުން ދެއްވާ ހައި އެޗ ވަރސް ސްކޮލަރޝިޕް ދިނުމާބެހޭ ސްކީމާ ގުޅޭ ކަންކަން ބަޔާން ކުރާ އުސޫލަށް ބަދަލު ގެނެސް ގެޒެޓް ކޮށްފިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ގެޒެޓް ކޮށްފައިވާ އުސޫލުގައި ސްކޮަރޝިޕަށް ހޮވޭ ދަރިވަރުން، އެދަރިވަރުން ކިޔަވާ ޕްރޮގްރާމް ބަދަލުކުރެވޭނެ ގޮތެއް ކަމަށް ކަނޑައަޅާފައި އޮންނަނީ ޕޭމަންޓް ދެއްކުމުގެ ކުރިންނެވެ. ޕްރޮގްރާމަށް ޕޭމަންޓް ދެއްކުމަށްފަހު ބަދަލުކުރެވޭނެ އުސުލެއް ނުވެއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއްވަނީ އެދަރިވަރުންނަށް ދިމާވާ އެކި އެކި ހާލަތުގައި ކިޔަވަމުން އަންނަ ޕްރޮގްރާމް ބަދަލު ކުރުމަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑިސެމްބަރ 18، 2024 ގައި ގެޒެޓް ކުރެވުނު އުސޫލުގެ 7 ވަނަ މާއްދާގައި ވަނީ ސްކޮލަރޝިޕްއަށް ކިޔަވަމުންދާ ދަރިވަރުން ޕްރޮގްރާމް ބަދަލުކުރުމަށް 3 ހާލަތެއް ކަނޑަ އަޅާފައެވެ.

(ހ). ޕްރޮގްރާމް ބަދަކުރެވޭ ޙާލަތްތަކުގެ ތެރޭގައި، ޕްރޮގްރާމް ބަދަލުކުރަން ހުށަހަޅާއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިސްޓުގައި ބަޔާންކޮއްފައިވާ، މަތީ ތަޢުލީމުދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ހަދާފައިނެތުން.

(ށ). ޕްރޮގުރާމު ބަދަލުކުރަން އެދޭއިރ،ު ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވ،ާ މަތ ތަޢުލ މު ދޭ މުއައްސަސާއަށް ޕޭމަންޓެއް ހަދައިފައިވަނިކޮށް ޕުރޮގްރާމު ބަދަލުކުރަން އެދޭ ނަމ،ަ ތިރ ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތު ކަމުގައި ވުން.

  1. ބަދަލުކުރަން ހުށަހެޅީ، ކިޔަވަންފެށި ޕްރޮގްރާމްގެ ފުރުތަމް ސެމިސްޓަރ ނިމުމުގެ ކުރިންކަމުގައިވުން.
  2. ދޫކޮއްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދަރިވަރުގެ ޚަރަދުގައި ފުރިހަމަކޮއްފައިވާ ޕްރޮގްރާމްތަކަކީ، ބަދަލުވާ ޕްރޮގްރާމްގެ ޖުމްލަ ޚަރަދުން އުނިކުރެވޭނެ އެއްޗެއްކަމުގައި އެއްބަސްވުން
  3. ޕްރޮގްރާމް ބަދަލުކުރަންޖެހޭ ސަބަބު، އެކަންކުރުން މުޙިއްމުކަމަށް ބާރުދޭ، ކަމާއި ބެހޭ ރަސްމީ ފަރާތްތަކާއިއެކު ހުށަހަޅާފައި އޮތުން
  4. ޕްރޮގްރާމް ބަދަލުވީ ނަމަވެސް، އެ ސްކޮލަޝިޕްގެ އުޞޫލުގެ އެއްވެސް މާއްދާއަކާއި ތަޢާރުޒުވުމެއްނެތުން
  5. ޕްރޮގްރާމް ބަދަލުކުރާ ފުރުތަމަ ފަހަރު ކަމުގައިވުން( އެއް ފަހަރަށްވުރެ ގިނަފަހަރު ބަދަލު ނުކުރެވޭނެ)
  6. ދޫކޮއްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ޚަރަދަށްވުރެ، ޖުމްލަ ޚަރަދު ބޮޑު ނުވާ ޚަރަދަކަށް ބަދަލުވާން އެދުން

މީގެ ކުރިން އާންމުކޮން މާސްޓާރސް އަށް ދެވެނީ ބެޗްލަރސް ސެޓިފިކެޓްއެއް އޮވެގެނެވެ. އެހެންނަމަވެސް މި އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ބެޗްލަރސް ޑިގްރީއެއް ނެތިވެސް މާސްޓާރސްއަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

(ނ) ބަދަލުވާން އެދޭ ޕްރޮގްރާމަކީ، ފުރުތަމް ޑިގްރީއަކާއި ނުލައި، ސީދާ އެންޓްރީ ލިބޭ 4 އަހަރަށް ވުރެ ދިގު ނޫން މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ކަމުގައިވުން. މި ޙާލަތުގައި ތިރީގައިވާ ކަންކަން ފުރިހަމަވާން ޖެހޭނެއެވެ.

  1. ސްކޮލަރޝިޕްގެ ޖުމްލަ މުއްދަތުކަމުގައި ބަލަނީ 4 އަހަރު ދުވަސްކަމަށާއި، ބަދަލުވމުން ސްކޮލަޝިޕުން ދެން ޚަރަދުކުރާނީ ބަދަލުވި އިރު އެ މުއްދަތުން ބާކީ އޮންނަ ދުވަސްތަށް ކަމަށް އެއްބަސްވުން
  2. ބަދަލުކުރަން އެދެނީ މި އުޞޫލަށް ޢަމަލުކުރަން ފެށިއިރު، ކިޔަވަމުންދާ ދަރިވަރެއްކަމުގައިވުން
  3. ޕްރޮގްރާމް ބަދަލުކުރާ ފުރުތަމް ފަހަރުކަމުގައިވުން

ޕްރޮގްރާމް ބަދަލުވީ ނަމަވެސް، އެ ސްކޮލަރޝިޕްގެ އުޞޫލުގެ އެހެން އެއްވެސް މާއްދާއަކާއި ތަޢާރުޒުވުމެއްނެތުން.

ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވާ މަތީސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ދިވެހި ސަރުކާރުން ދެއްވާ ހައި އެޗ ވަރސް ސްކޮލަރޝިޕް ދިނުމާބެހޭ ސްކީމާ ގުޅޭ ކަންކަން ބަޔާން ކުރާ އުސޫލަށް ގެނައި ބަދަލުގައި އިތުރަށް ގެނެސްފައިވަނީ ކުރިން ހުރި މާއްދާތަކުން ރައްޔިތުންނަށް އޮޅުންއަރާފަދަ ގޮތަކަށް ހުރި ތަންތަން އިތުރަށް ސާފުކޮށް ފަހުމްވާނެހެން އިބާރާތްތަކަށް ގެނެވިފައިވާ ބަދަލުތަކާއި ތަފްސިލްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންބޭރުގައި ކިޔަވާ ދަރިވަރުން ފައިސާ ފޮނުވަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިޚަބަރު | 2 މަސް ކުރިންކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 4 މަސް ކުރިން