ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
14 ސެޕްޓެމްބަރު 2025 - 04:18

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
ހަޔައެޑިއުކޭޝަން މިނިސްޓަރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024އިން ފެށިގެން މަތީ ތަޢުލީމުގެ ސްކީމްތަކުގެ ދަށުން މިހާތަނަށް 1,065,641,357.82 ރުފިޔާ ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު އެކަނި 365,271,058.82 ރުފިޔާ ވަނީ ދޫކޮށްފައިވެއެވެ.

Ad by Hajj Corporation
މި ސްކީމްގެ ދަށުން 1,226 ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ. އަދި މިހާތަނަށް 964 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ. މީގެ ތެރޭގައި 558 ފިރިހެން ދަރިވަރުންނާއި 406 އަންހެން ދަރިވަރުން ހިމެނެއެވެ.
މިއަހަރު، 396 ދަރިވަރުންނަށް ފުރުސަތު ދެވިފައިވާއިރު، އޭގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނެއެވެ. މި އަހަރު 382 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 ގައުމެއްގައި ޖުމްލަ 1,733 ދަރިވަރުން ކިޔަވަމުންދެއެވެ. މީގެ ތެރޭގައި 692 ފިރިހެން ދަރިވަރުންނާއި 1,041 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި މިހާތަނަށް 1,000 ފުރުސަތު އިޢުލާނުކޮށް، 2,051 ދަރިވަރުން ހޮވިފައިވާއިރު، 2025 ވަނަ އަހަރަށް 500 ފުރުސަތު އިޢުލާނުކޮށް، 805 ދަރިވަރުން ވަނީ ހޮވިފައެވެ.
މިދިޔަ މަހާހަމައަށް ދޫކޮށްފައިވަނީ 1.01 ބިލިއަން ރުފިޔާއެވެ.