logo
Bank of Maldives

Bank of Maldives

ޚަބަރު

އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

އާމިނަތު ޝަފާ
20 ޑިސެމްބަރު 2024 - 15:48
އަކުރަމް ކަމާލުއްދީން
އަކުރަމް ކަމާލުއްދީން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރްތަކަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އެ އެންމެގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން އޭސީސީން މެންދުރު ޓީވީއަށާް ކަށަވަރުކޮށްދީފައިވާއިރު ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަކްރަމް ކަމާލުއްދީނާއި، އެމިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް، ކުރީގެ ޑިރެކްޓަ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް އަދި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައިކަމަށް އޭސީސީން މެންދުރުޓީވީއަށް މައުލޫމާތުދީފައިވެއެވެ.

ވިޝާންއަކީ ހައުސިން މިނިސްޓްރީގެ މިހާރުގެ ޑިރެކްޓާ ޖެނެރަލް އެވެ.

"ބިންވެރިޔާ" ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް މިއަދު ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައެވެ.

ފުލުހުންގެ އޮފިޝަލަކު ވަނީ މި މައްސަލައާ ގުޅިގެން 20 މީހެއްގެ ޕޯސްޕޯޓް ހިފެހެއްޓިކަން ކަށަވަރުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 8 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 9 ދުވަސް ކުރިންއެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބުރޭ ވަކިކޮށްފިޚަބަރު | 12 ދުވަސް ކުރިންފުރުޞަތު ނުދިނުމަކީ ބާރުވެރިކަމުގެ ނިޝާނެއް ނޫން؛ އެއީ ބަލިކަށިކަމުގެ ހެއްކެއް!ރިޕޯޓް | 12 ދުވަސް ކުރިން