logoEN
ޚަބަރު

ސޯޝަލް މީޑިއާގައި ރަޖުނީއަށް ކުރާ ތުހުމަތުތައް ފުލުހުން ދަނީ ބަލަމުން

ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިޓެންޑެންޓް ރަޖުނީ ޝުއައިބު

ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިޓެންޑެންޓް ރަޖުނީ ޝުއައިބު

ސުދާ ލަތީފްސުދާ ލަތީފް

21 ޑިސެމްބަރު 2024 - 11:55

ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިޓެންޑެންޓް ރަޖުނީ ޝުއައިބާއި އޭނާގެ އަންހެނުންނަށް ފޯމް ހުށަހެޅުމަކާ ނުލައި، ހުޅުމާލެ ވިނަރެސް ފްލެޓްތަކެއް ހޯދި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތައް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ރަޖުނީގެ ނަން ނެތްއިރު އޭނާއަށް ފްލެޓް ދީފައިވާތީ، ނާޖައިޒް މަންފާ ރަޖުނީ ހޯދި ކަމަށް ސޯޝަލް މީޑިއާގައި ދަނީ ތުހުމަތު ކުރަމުންނެވެ. ރަޖުނީއަށް ވިނަރެސް ފްލެޓް ދީފައި ވަނީ އޭނާއަށް ކ. އަތޮޅު ރަށަކުން ގޯތިވެސް ލިބިފައިވަނިކޮށެވެ.

"ބިންވެރިޔާ ސްކީމް"ގެ ގޯތި ވައްކަމާއި ދައުލަތުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ޑިޕާޓްމަންޓުގެ ވެރިއަކަށް ހުރެ އެފަދަ ނާޖައިޒް މަންފާއެއް އޭނާ ހޯދާފައިވާނަމަ، ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުރުބާރު ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރަޖުނީއާއި ގުޅިގެން ދެކެވޭ މި ފަދަ ވާހަކަތައް ފުލުހުން ދަނީ އޮޅުންފިލުވަމުންނެވެ.

އޮޅުވާލައިގެން، ފޯޖުކޮށްފައިވާ "ބިންވެރިޔާ" އެގްރިމެންޓުތަކާއި ގޯތީގެ ރަޖިސްޓްރީތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ހޯދަން އުޅުނު މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ އެކު 20 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ފޯޖުކޮށްފައިވާ އެގްރިމެންޓަކާއި ވަގު ރަޖިސްޓްރީއެއް ހުށަހަޅައިގެން ހުޅުމާލެއިން ހިލޭ ގޯތި ހޯދަން އުޅުނު ކަމުގެ ތުހުމަތު ކުރެވެނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދެވެ. އޭނާ ވަނީ އެ ކުންފުނިން ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓް

871x217_placeholder