logo
E-Platinum
ދުނިޔެ

ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަނގްލަދޭޝްއިން އިންޑިއާއަށް އެދިއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
24 ޑިސެމްބަރު 2024 - 03:33
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންޑްރާ މޯޑީ
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންޑްރާ މޯޑީ

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އަނބުރާ ގައުމަށް ފޮނުވައި ދިނުމަށް އެދި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އިންޑިއާއަށް ޑިޕްލޮމެޓިކް ނޯޓެއް ފޮނުވައިފިއެވެ.

ހަސީނާ އޭނާގެ ގައުމު ދޫކޮށް ފިލާފައިވަނީ، ބަންގްލަދޭޝްގެ ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތަކުގެ ތެރެއިން މިދިޔަ އޮގަސްޓް މަހު އެވެ. އެގޮތުން ބަންގްލަދޭޝްގެ ސަރުކާރުން އެކަމަށް އެދިފައިވާކަން ކަށަވަރުކޮށްދެމުން ބަންގްލަދޭޝްގެ ފޮރިން އެފެއާޒް އެޑްވައިޒަރު ތޫހިދު ހުސައިން ވިދާޅުވީ ބަންގްލަދޭޝްގެ ޝަރުއީ މަރުހަލާތަކާ ކުރިމަތިލުމަށް ހަސީނާ އެނބުރި ވަޑައިގަތުމަށް އެދި އިންޑިއާ ސަރުކާރަށް ޑިޕްލޮމެޓިކް ނޯޓް ވާބަލް އެއް ފޮނުވާފައިވާ ކަމަށެވެ.

އޭގެކުރިން އެގައުމުގެ ހޯމް އެޑްވައިޒަރު ޖަހަންގީރު ޢަލަމް ވެސް ވަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް އެދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިފައެވެ.

ޢަލަމް ވިދާޅުވީ ބަންގްލަދޭޝްއާއި އިންޑިއާއާ ދެމެދު އެކްސްޓްރެޑިޝަން ޓްރީޓީ ނުވަތަ ޖިނާއީ ޝަރީއަތަށް ކުށްވެރިން އެމީހުންގެ އަމިއްލަ ގައުމަށް ފޮނުވުމުގެ އިންތިޒާމު އެބައޮތް ކަމަށާއި އޭގެ ދަށުން ހަސީނާ އަނބުރާ ބަންގްލަދޭޝްއަށް ގެންދެވިދާނެ ކަމަށެވެ.

ޙަސީނާ ގައުމަށް ފޮނުވައިދިނުމަށް އެދި ޑިޕްލޮމެޓިކް ނޯޓެއް ފޮނުވާފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބަންގްލަދޭޝްއަށް ވަޑައިގެން ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުޙައްމަދު ޔޫނުސްއާ ބައްދަލުކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ން ޙަސީނާ އާއި އޭނާގެ ވަޒީރުންނާއި އެޑްވައިޒަރުންނާއި ކުރީގެ އަސްކަރީ އަދި ސިވިލް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ކުށްތަކަށް އަރައިގެން ކަމަށް ތުހުމަތުކޮށް އޮކްޓޫބަރު މަހުއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި ޚަބަރު | 18 ގަޑިއިރު ކުރިންމުޒާހަރާގެ ބައިވެރިން މަރަން ހަސީނާ އަމުރު ކުރެއްވިކަން ހާމަވެއްޖެ ދުނިޔެ | 12 ދުވަސް ކުރިންމަސައްކަތަށް އަނބުރާ ނިކުމޭ، ނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ - ބަންގްލަދޭޝްގެ ސަރުކާރު World | 21 ދުވަސް ކުރިންހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަނގްލަދޭޝްއިން އިންޑިއާއަށް އެދިއްޖެދުނިޔެ | 7 މަސް ކުރިން