logo
ޚަބަރު

ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިއްޖެ

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު އެކަނި ވެސް ވަނީ 61 މީހަކަށް އެހީވެފަ އެވެ. އެގޮތުން ޒަކާތު ފަންޑުން އެހީގެ ގޮތުގައި މިދިޔަ މަހު 1,086,381.81 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު އެހީ ފޯރުކޮށްދިން ކަންކަމުގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ސިކުނޑީގެ އޮޕަރޭޝަން އަދި ޓްރާންސްޕްލާންޓް ހެދުން ހިމެނެ އެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފަ އެވެ.

މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ މިއަދާ ހަމައަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށެވެ. އަދި އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ޒަކާތު ފަންޑަށް ޖަމާކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިޔަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 6 ދުވަސް ކުރިންމޭމަހު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 3.9 މިލިޔަން ރުފިޔާ ދޫކުރި ޚަބަރު | 12 ދުވަސް ކުރިންމި އަހަރު ޒަކާތުފަންޑުން އެންމެ ގިނައިން ބޭސްފަރުވާއަށް އެހީދީފައިވަނީ ކެންސަރު ބައްޔަށްޚަބަރު | މަހެއް ކުރިންޒަކާތު ފަންޑުގެ ސްކޮލާޝިޕަށް މި ހަފްތާގައި ހުޅުވާލަނީ ޚަބަރު | 3 މަސް ކުރިންޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިއްޖެ ޚަބަރު | 7 މަސް ކުރިންޒަކާތު ފަންޑުން ދިން އެހީ ޣައްޒާއަށްޚަބަރު | 7 މަސް ކުރިންޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަނީޚަބަރު | 8 މަސް ކުރިން