logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިޔަން ރުފިޔާ ހަރަދުކޮށްފި

އާމިނަތު ޝަފާ
9 ޖުލައި 2025 - 11:14
އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިޔަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޒަކާތު ފަންޑުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބޭސްފަރުވާކުރުމަށް 590 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖުމުލަ 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަހު އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. ކެންސަރު ބައްޔަށް ފަރުވާކުރުމަށް 2.3 މިލިޔަން ރުފިޔާގެ އެހީ ދީފައިވެއެވެ. މީގެ އިތުރުން މަހުންމަހަށް ހަރަދުވެފައިވާ ޖުމްލަ އަދަދުތަކަށް ބަލާއިރު:

Ad by Hajj Corporation

Ad by Hajj Corporation

• ޖެނުއަރީ މަހު - 7.6 ލައްކަ ރުފިޔާ
• ފެބްރުއަރީ މަހު - 7.5 ލައްކަ ރުފިޔާ
• މާރިޗު މަހު - 8.4 ލައްކަ ރުފިޔާ
• އޭޕްރީލް މަހު - 1.1 މިލިޔަން ރުފިޔާ
• މެއި މަހު - 3.9 މިލިޔަން ރުފިޔާ
• ޖޫން މަހު - 1.1 މިލިޔަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މިދިޔަ 6 މަސް ދުވަހު ފަޤީރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ 110،000 ވުރެ ގިނަ ރުފިޔާ، ޢާމިލުންގެ ބައިން 4.2 މިލިޔަން ރުފިޔާ، ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށްޓަކައި 2.3 މިލިޔަން ރުފިޔާ އަދި ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 1.66 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނި ހަރަދުކޮށްފައެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ހިންގުން ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ގާއިމުކޮށްފަ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ހަމަޖެއްސުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް މިއަހަރުވެސް ދޭނެޚަބަރު | ގަޑިއިރެއް ކުރިންނަގުދު ފައިސާ އާ ކޭޝް ކާޑުން، މިހާރު ޒަކާތް ދެއްކޭނެޚަބަރު | 6 ދުވަސް ކުރިންބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވިޚަބަރު | 3 މަސް ކުރިންއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިޔަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 8 މަސް ކުރިން