logoEN
ޚަބަރު

ޑޮމެއިން ސެޓްފިކެޓް ދޫކުރަން ފަށައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 ޑިސެމްބަރު 2024 - 16:00

ސެކިއުރިޓީ ފީޗާތަކާއެކު ވެހިކަލް ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އާ ފީޗާސްތައް ހިމެނޭ ރަޖިސްޓަރީ ސެޓްފިކެޓް އެންމެ ފުރަތަމަ ލިބުނު ފަރާތަށް ލިޔުން ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވީ ޑޮމެއިންގެ ހިދުމަތުގެ ރެކޯޑް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ނެތުމުން އާ ސަލާމަތީ ފިޔަވަޅުތަކާ އެކު ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އަލުން ތައާރަފުކުރާނެ ކަމަށެވެ.

އަދި އޭގެ ފަހުން ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅައިގެން އަލަށް ތައާރަފުކުރާ ޑޮމެއިންއަށް ބަދަލުކުރުމަށް 2 މަސްދުވަހުގެ މުއްދަތެއް ދިނުމަށް މިދިޔަ މަހު މިނިސްޓްރީން ނިންމި އެވެ.

މިނިސްޓަރ ވިދާޅުވީ ކުރީގައި ހަވާލުކުރެވޭ ޑޮމެއިން ޔެލޯ ސްލިޕާ ޚިލާފަށް މިހާރުގެ ސެޓްފިކެޓާއި ރަޖިސްޓްރީ އަކީ ސެކިއުރިޓީ ވަރުގަދަ އަދި ވަކި ސިސްޓަމެއްގެ ތެރޭގައި ޑުޕްލިކޭޓް ނުކުރެވޭނެ ފެންވަރަށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށެވެ."ދެން އިރާދަކުރެއްވިއްޔާ މި ސިސްޓަމް ބްރޭކްކުރަން އެހާ ފަސޭހައެއް ނުވާނެ. މި ވަގުތު ކުރެވެން އިތް އެންމެ ރަނގަޅަކަށް ސެކިއުރިޓީ ގޮތުން ތައްޔާރުކުރެވިފައި އޮތް ޑޮމައިން ސެޓްފިކެޓަކާއި ރަޖިސްޓްރީއެެއް ހަވާލު ކުރެވެނީ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ މުޅިން އައު ޑޮމެއިން ދޫކުރަން އަދި ނުފެށިނަމަވެސް އެކަން ކުރާނީ ކުރިން ހުރި ޑޮމެއިންތައް ރައްކާތެރިކޮށް ޤާނޫނާ އެއްގޮތަށް ދެވޭކަން ކަށަވަރުކުރުމަށް މިހާރުކުރަމުންދާ މަސައްކަތަށްފަހު ކަމަށެވެ. އަދި އާންމުންނަށް ޑޮމެއިން ދޫކުރުމަށް ހުޅުވާލާނީ އޯޕެން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder