logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

އާރްޑީސީގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި މޫކޭގެ ގެއަށް ފުލުހުން ވަދެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
26 ޑިސެމްބަރު 2024 - 21:32
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު -- ފޮޓޯ: އަވަސް
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު -- ފޮޓޯ: އަވަސް

އާރްޑީސީގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅުއްވާ ގޭގެ އިތުރުން، އިތުރު ގެތަކަކަށް ފުލުހުން ވަދެއްޖެއެވެ.

އެގޮތުން ފުލުހުން އެގެތަކަށް ވަނީ މިރޭ ދޭއްޖެހިއިރު، ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިރޭ ބުނީ، އާރްޑީސީގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ މައްސަލައިގައި އެކަމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ގ. ދިލްކަށި ގޭގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމެންޓު އޭގެ އިތުުރުން، މޫކޭގެ އަންހެނުން ދިރިއުޅޭ އެކެއްބީ ވިނަރެސް ޓަވަރުގެ 12 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމެންޓަށް ފުލުހުން ވަދެފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، މޫކޭ އާއެކު އެކަމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ކަމުގައިވާ ޔާސިރު ހަސަން ދިރިއުޅޭ ޕޮލްކޯ ފްލެޓަށް ވެސް ވަދެ، ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރުމަށްފަހު އެ ގެތަކުން ފުލުހުން ވަނީ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑުން ޖަހާލި ބޯއްޓުން ގެއްލުނު އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | 10 ގަޑިއިރު ކުރިންމުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެޚަބަރު | 11 ގަޑިއިރު ކުރިންކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކެންދޫގަޚަބަރު | 3 ދުވަސް ކުރިންއިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަނެއްޚަބަރު | 3 ދުވަސް ކުރިން