logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖީދީ މަގުގެ ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ސުދާ ލަތީފް
27 ޑިސެމްބަރު 2024 - 11:38
މަޖީދީމަގު
މަޖީދީމަގު

މަޖީދީ މަގުގައި ހުންނަ މާލެ ގްރޭންޑު ކުރިމަތިން މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މަގު ބަންދުކޮށްފައިވަނީ މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް މާލެ ސިޓި ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ބްލޮކްތަކަކަށް ބަހާލައިގެން މި މަސައްކަތް ކުރަން ނިންމާފައިވާއިރު ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދަނީ މަޖީދީމަގުގެ މާލެ ގްރޭންޑް ކުރިމަތީގައެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށެވެ. މިބަދަލުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ކައުންސިލުން ވަނީ މާފަށް އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމްޚަބަރު | 2 މަސް ކުރިންމާލޭގެ އެކި ސަރަހައްދުތަކުން ވިއްކާފައިވާ ޕާކިން ޒޯންތައް މިހާރު އެންމެންނަށް ވެސް ބޭނުން ކުރެވޭނެ ޚަބަރު | 7 މަސް ކުރިންމާލޭގައި ބޮލަކަށް ޖެހެނީ 5.4 އަކަ ފޫޓު ނުވަތަ ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިން: ސިޓީ ކައުންސިލުގެ އޮޑިޓްޚަބަރު | 9 މަސް ކުރިންމަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 9 މަސް ކުރިން