logo
E-Platinum
ކުޅިވަރު

މިއަހަރުގެ ބެލަންޑިއޯ ހައްގުވެރިޔަކީ ވިނީޝިއުސް - ރޮނާލްޑޯ

އަބްދުﷲ ޣާނިމް
28 ޑިސެމްބަރު 2024 - 11:07
ރޭގެ ހަފްލާގައި ރޮނާލްޑޯއަށް ވަނީ މެދުއިރުމަތީގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައި. ފޮޓޯ: ގްލޯބާލް ސޮކަރ
ރޭގެ ހަފްލާގައި ރޮނާލްޑޯއަށް ވަނީ މެދުއިރުމަތީގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައި. ފޮޓޯ: ގްލޯބާލް ސޮކަރ

ފްރާންސް ފުޓްބޯޅައިން މިއަހަރުގައި ދިން އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑްގެ މިއަހަރުގައި އެންމެ ޙައްޤުވަނީ ރެއާލް މެޑްރިޑުގެ ވިނީޝިއުސް ޖޫނިއަރ އަށްކަމުގައި ރޮނާލްޑޯ ބުނެފިއެވެ.

 

ރޭގައި ދުބާއި ސްޕޯރޓްސް ކައުންސިލުން އިންތިޒާމް ކުރި އެވޯޑް ދިނުމުގެ ޙަފްލާގައި ރޮނާލްޑޯ ބުނެފައިވަނީ މިއަހަރުގައި ހޯދި ކާމިޔާބީ އާއި ޓީމަށް ކުޅެދީފައިވާ ކުޅުމަށް ބަލާއިރު ވިނީޝިއުސް އަށްވުރެ އެ އެޥޯޑް ހައްގުވާ އެހެން ފަރާތެއް ނެތްކަމަށެވެ. އަދި މީގެ އިތުރުން ރޮނާލްޑޯ ބުނެފައިވަނީ އެވޯޑް ހާސިލް ކުރި ރޮޑްރީ އަށް އިޙްތިރާމް ކުރާކަމަށާއި، އެހެންނަމަވެސް އޭނާއަކީ މިދިޔަ އަހަރުގެ ދެވަނައަށް އެންމެ މޮޅުކުޅުންތެރިޔާ ކަމަށެވެ.

 

މިއަހަރުގެ ބެލަންޑިއޯ ލިބޭނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރީ ވިނީޝިއުސް ޖޫނިއަރ އަށެވެ. ނަމަވެސް ހައިރާންކުރުވަނިވި ގޮތަކަށް މި އެވޯޑް ވަނީ ރޮޑްރީ ހޯދާފައެވެ.

 

ފާހަގަކޮށްލެވޭ ގޮތުން މިދިޔަ ސީޒަނުގެ ޕްރީމިއަރ ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެންއެވެ. އަދި ޕްރީމިއަރ ލީގުގެ އެންމެ މޮޅު 11 ކުޅުންތެރޭގައި ރޮޑްރީ ހިމެނިފައި ނުވެއެވެ. މެންޗެސްޓަރ ސިޓީގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ވެސް ފިލްފޯޑެންއެވެ. ޔޫރޯގެ މޮޅުކުޅުންތެރިޔާގެ މަޤާމް ރޮޑްރީއަށް ލިބުނުނަމަވެސް ގިނަބަޔަކު ޤަބޫލުކުރަނީ ޔޫރޯގެ މޮޅުކުޅުންތެރިޔަކީ ޔަމާލް ނުވަތަ ފަބިއަން ރުއިޒް ކަމަށެވެ. އެގޮތުން ޔޫރޯގެ ސެމީފައިނަލުގައި ރޮޑްރީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ފައިނަލް މެޗުން ސްޕެއިން މޮޅުވީ ރޮޑްރީ އަށް އަނިޔާވެގެން ދަނޑުން ބޭލުމަށްފަހު ޒުބިމެންޑީ އެރުވިހިސާބުންނެވެ. ރޮޑްރީއަށް ބެލަންޑިއޯ ސަޕޯޓްލިބެންފެށީ މިހިސާބުންނެވެ.

 

ވިނީޝިއުސް ޖޫނިއަރ އަށްވެސް މިއަހަރުގައި ބޭއްވި ކޮޕާ އެމެރިކާގައި އެދެވޭ ކުޅުމެއް ދެއްކިފައި ނުވެއެވެ. ކަންމިހެން އޮތްއިރު ބެލަންޑިއޯ އެވޯޑާމެދުގައި ދެފަރާތުންވެސް ގިނަގޮތްގޮތަށް އެކިމަންސަ ތަކުގައި ވާހާކަ ދެކެވޭއިރު، މި އެވޯޑު ދޭގޮތާމެދު ގިނަބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއުސް ޖޫނިއާ ރެއާލް އާ ދެމެދު އެއްބަސްވުން އައުކުރުން ހުއްޓުމަކަށް ކުޅިވަރު | 13 ދުވަސް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯގެ ގޯލާއެކު ފަހަތުން އަރައި ޖަރުމަނުބަލިކޮށް، ޕޯރޗުގަލް ފައިނަލަށްކުޅިވަރު | 2 މަސް ކުރިން