logo
Bank of Maldives

Bank of Maldives

ޚަބަރު

މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޑިސެމްބަރު 2024 - 18:09
މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި

އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމުގެ އަމުރެއް ހޯދައި، ފުރުން މަނާކޮށް އެކަން އެ ދެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ މޫކޭ އާއި ޔާސިރާއި ގުޅުން ހުރި ތިން ތަނެއް ބަލައި ފާސްކޮށްފައެވެ.

މި ތަންތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ސީޒްކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނިގޮތުގައި މި ސަރުކާރުން ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދައިފިޚަބަރު | 13 ގަޑިއިރު ކުރިންޑްރަގް މައްސަލާގައި ނ.އަތޮޅު ރިސޯޓަކުންނާއި މާފަރުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | ދުވަހެއް ކުރިން