logo
ޚަބަރު

ޝަރަފްވެރި ފަރާތްތަކުގެ އަބުރު ކަތިލަމުންދާ މައްސަލަ ތަޙްޤީޤު ކުރަންޖެހޭ: ސިއްދީޤް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޑިސެމްބަރު 2024 - 03:07
ޝަރަފްވެރި ފަރާތްތަކުގެ އަބުރު ކަތިލަމުންދާ މައްސަލަ ތަޙްޤީޤު ކުރަންޖެހޭ: ސިއްދީޤް

ޝަރަފްވެރި ފަރާތްތަކުގެ އަބުރު ކަތިލަމުންދާ މައްސަލަތައް ތަޙްޤީޤު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓޭޓް މިނިސްޓަރު ސިއްދީޤް ވިދާޅުވީ، "ޢާއްމު ފަރުދަކަށް ވިޔަސް، ރައީސުލް ޖުމްހޫރިއްޔާ އާއި އަދި އެނޫނަސް ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ އަދި އެނޫންވެސް ފަރާތްތަކުގެ އަބުރަށް އަރައިގަންނަ ނަމަ، އެކަމާ މެދު ފިޔަވަޅު އަޅަންޖެހޭ" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވީ އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާގެ މައްސަލައެވެ.

"ހީނާއަކީ ރައްޔިތުން ވަރަށް އިހުތިރާމްކުރާ، އަދި އިތުބާރުވެސް ކުރާ ފަރާތެއް. އެހެންކަމުން އެކަމަނާ އާމެދު މީހުންގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ސާބިތު ނުހިފޭ ވާހަކަ ދައްކައި މުޖުތަމަޢުގައި އެކަމަނާގެ އަބުރު ކަތިލަމުންދާ ފަރާތްތަކުގެ އެ ޢަމަލު ކުށްވެރިކުރަން،" ސިއްދީޤް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

"މުޖުތަމަޢުގެ އެއްބައިވަންތަކަން ނެގެހެއްޓުމުގެ ގޮތުން، ހަޤީގަތާ ޚިލާފް ވާހަކަދައްކައިގެން ރައީސުލް ޖުމްހޫރިއްޔާ އާއި، އެނޫންވެސް ޝަރަފްވެރި ފަރާތްތަކުގެ އަބުރު ކަތިލަމުންދާ މައްސަލަ ތަޙްޤީޤު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ދެކެން،" ސިއްދީޤް ވިދާޅުވެފަވެއެވެ.

ސިއްދީޤް މިކަން ފާހަގަކުރަށްވާފައިވާއިރު، ޑިމޮކްރަސީގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަތުން ރާއްޖޭގައި ވަނީ ހައްދުން ނެއްޓިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯމް މިނިސްޓަރުގެ އިތުބާރުގެ މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއްނެތް: ސިއްދީގްޚަބަރު | 8 މަސް ކުރިންޝަރަފްވެރި ފަރާތްތަކުގެ އަބުރު ކަތިލަމުންދާ މައްސަލަ ތަޙްޤީޤު ކުރަންޖެހޭ: ސިއްދީޤްޚަބަރު | 9 މަސް ކުރިން