logo
Bank of Maldives

Bank of Maldives

ޚަބަރު

ހޯމް މިނިސްޓަރުގެ އިތުބާރުގެ މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއްނެތް: ސިއްދީގް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖެނުއަރީ 2025 - 10:30
ހޯމް މިނިސްޓަރުގެ އިތުބާރުގެ މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއްނެތް: ސިއްދީގް

ހޯމް މިނިސްޓަރު އަލީ އިހްސާންގެ އިތުބާރުގެ މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއްނެތްކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

''މެންދުރު'' ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިއްދީގް ވިދާޅުވީ، މަޖިލީހަށް މައްސަލަތައް ހުށަހެޅުމަކީ ރައްޔިތޔުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ހައްގެއް ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ ޒިންމާދާރުކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްދީގު ވިދާޅުވީ، ޒިންމާދާރުކަމާއެކު މެމްބަރުން މަސައްކަތްކުރާނަމަ ހޯމް މިނިސްޓަރުގެ އިތުބާރުގެ ވޯޓެއް މަޖިލީހަށް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުދިވަޑައި ނުގަންނަވަ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ބާރަ މެމްބަރުންގެ ސޮޔާއެކުކަން ފާހަގަކުރަށްވައި، އެއީ އެފަދަ މައްސަލައެއް ވައްދަން ހުށަހެޅޭ އެންމެ ދަށް އަދަދުކަން ވެސް ސިއްދީގު ފާހަގަކުރެއްވިއެވެ.

''މި މައްސަލަ ހުށަހެޅިއިރު އެއްވެސް ޖެނުއިން ރީޒަނެއް ދެއްކިފައެއް ނެތް، އެއްކަމަކީ ހޯމް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަމުން އެ ބޭފުޅުން ވިދާޅުވަނީ ފުލުހުންގެ ތަހްގީގަށް ހޯމް މިނިސްޓަރު ހުރަސްއަޅާ ވާހަކަ، އެއްވެސް ހެއްކެތް ނެތް، އަސާސެއް ނެތް، އަނެއް ކަމަކީ ޖިނާއީ ބައެއް މައްސަލަތަކަށް ހޯމް މިނިސްޓަރު ހުރަސްއަޅުއްވާ ވާހަކަ، ދަލީލެއްނެތް، މި ކުރަން އުޅޭކަންތައް އިނގޭ،'' ސިއްދީގް ވިދާޅުވިއެވެ.

 

View post on Twitter

 

ހޯމް މިނިސްޓަރު އިހްސާނަކީ މި ސަރުކާރުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ އެއް މިނިސްޓަރުކަމަށް ވުމުން އިދިކޮޅު އެމްޑީޕީން އަންނަނީ އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވައި، އަގުވައްޓާލަން މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީން ޑޮލަރު މާރުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަނީޚަބަރު | 7 ދުވަސް ކުރިން3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން އަންގައިފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް އައު ބޮޅެއް، "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފިޚަބަރު | މަހެއް ކުރިންފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ: ވަޒީރު އިހްސާންޚަބަރު | 3 މަސް ކުރިން