logo
Bank of Maldives

Bank of Maldives

ޚަބަރު

ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެޕްލިކޭޝަނެއް

އާމިނަތު ޝަފާ
29 ޑިސެމްބަރު 2024 - 05:15
ލޭ ބޭނުންވާ ފަރާތްތަކަށް ހާއްސަ ހަދިޔާ އެޕްލިކޭޝަން
ލޭ ބޭނުންވާ ފަރާތްތަކަށް ހާއްސަ ހަދިޔާ އެޕްލިކޭޝަން

ލޭ ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރައްވާ ފަރާތްތަކަށް އެހީއެއްގެ ގޮތުން، ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

މިއީ ޚިދުމަތް ޖަމިއްޔާ އަދި އުކުޅަސްހޯޕްގެ ފަރާތުން ތައާރަފުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހަދިޔާ" ގެ ނަމުގައި ތައާރަފުކުރި މިއެޕްލިކޭޝަނަކީ ރިއަލްޓައިމްގައި ލޭ ހޯދަން ރިކުއެސްޓުކޮށް، އަވަސްކަމާއެކު ޑޯނަރުން ހޯދުމަށް އެހީވެދޭނެ މަންސައެއް.

މެސެޖް ގްރޫޕްތަކުގައާއި މީސްމީޑިޔާގައި ލޭހޯދުމަށް ގިނަވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި، މި އެޕްލިކޭޝަން ގައިވާ ރިކުއެސްޓް ފޯރމް ފުރާލުމުން، އެ ހޯއްދަވާ ލޭގެ ގްރޫޕުގެ ޑޯނަރުންނަށް ވަޤުތުން ނޯޓިފިކޭޝަން ލިބޭއިރު ޑޯނަރުންގެ ދިގު ލިސްޓު ބަލައި، ނަމްބަރުތަކަށް ގުޅައިގެން ހޯދުމުގެ ބުރަ މަސައްކަތް ލުއިވެގެންދާނެކަމަށް ހިދުމަތް ޖަމިއްޔާއިން މައުލޫމާތުދެއެވެެ. އަދި ޑޯނަރުންގެ ތެރެއިން އެވަޤުތު ލޭދެވޭ ފަރާތްތައްވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.

އެމަރޖެންސީކޮށް ލޭހޯއްދަވާނަމަ އެމަރޖެންސީ ބަޓަން އޮން ކޮށްލެއްވުމުން، އެ ރިކުއެސްޓަށް ޕްރައޯރިޓީ ދެވި، އެންމެ މަތިން ރިކުއެސްޓް ފެންނަން އިންނައިރު

ލޭހަދިޔާ ކުރައްވާ ބޭފުޅެއްނަމަ މިއެޕްލިކޭޝަންގައިވާ ޑޯނަރ ފޯރމް ފުރާލެއްވުމުން، ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ވެގެންދާނެއެވެ. އަދި އެފަރާތަކަށް ލޭހަދިޔާކުރެވޭ ގްރޫޕްތަކުގެ ރިކުއެސްޓުތައް ފެންނަން ހުންނާނެއެވެ.

މި އެޕްލިކޭޝަން ތައްޔާރު ކުރެވިފައި ވަނީ އެކި ޔޫސަރސްގެ ޑޮނޭޝަން ނުވަތަ ރިކުއެސްޓް ހިސްޓްރީވެސް ބަލާލެވޭ ގޮތަށްކަމަށާއި އަދި މީގެ އިތުރުން ލޭ ހަދިޔާކުރުމާ ގުޅުން ހުރި އާރޓިކަލްތައް ވެސް އެޕް ތްރޫކޮށް ކިޔާލެވޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސެންޓަރ ތަކުގެ ގޮތުގައި ތެލަސީމިއާ ސެންޓަރ އަދި ހޮސްޕިޓަލްތަކުންވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެޚަބަރު | އަހަރެއް ކުރިންލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެޕްލިކޭޝަނެއް ޚަބަރު | އަހަރެއް ކުރިންދިވެހިންގެ އެހީގައި ތަންޒޭނިއާގައި އިތުރު މިސްކިތެއް! ޚަބަރު | އަހަރެއް ކުރިން