ފަތުރުވެރިން ގޮވައިގެން އަންނަ އުޅަނދުފަހަރަށް ފުރިހަމަ ހިދުމަތްދިނުމަށް ވަނީ ތައްޔާރުވެފައި
އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު" އިން ޚިދުމަތް ހޯދި ޔޮޓް
29 ޑިސެމްބަރު 2024 - 07:12
މިދުވަސްވަރު ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން ގިނަ ޢަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ޚިދިމަތްތައް ފޯރު ކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރު ވެފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު ވިދާޅުވީ އިހަވަން ދިއްޕޮޅުގައި، އެމްޕީއެލް އިން ގާއިމް ކޮށްފައިވާ، "އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު" އިން ޚިދުމަތް ހޯދުމަށް ބޭނުންވި ރާއްޖެއިން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީ ނިއްމާ ލެވިފައިވާކަމަށެވެ. މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެއްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ މިދުވަސްވަރު ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން ގިނަ ޢަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ޚިދިމަތްތައް ފޯރު ކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރު ވެފައިވާކަމަށެވެ.
ބައިނަލް އަޤުވާމީ މިންގަޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން މެރިޓައިމް ދާއިރާ އިން ޚިދުމަތް ދިނުމަށް މޯލްޑިވުސް ޕޯޓުސް ލިމިޓެޑުން ގާއިމްކުރި "އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ" ގޭޓު ފެސިލިޓީ ގާއިމް ކޮށްފައި ވަނީ އިހަވަން ދިއްޕޮޅުގައެވެ.
މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުންފެށި ހިދުމަތެކެވެ. ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ބެއިނުންވާ ހިދުމަތް ތައް ފޯރު ކޮށް ދިނުމަށް "އުތުރު މެރިޓައިމް ސާވިސަސް" ގެ ނަމުގައި ހާއްސަ ފެސިލިޓީއެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ފެސިލިޓީގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ ޚިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އިހަވަން ދިއްޕޮޅުގެ ރަށްތަކާއި ވަރަށް ކައިރިން، ކޮންމެ 24 ގަޑި އިރެެއްގެ ތެރޭ ދުނިޔޭގެ އެކި ގައުމު ތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު ދަތުރު ކުރަމުންދާ އިރު އަމާޒަކީ، މިބޯޓު ތަކަށް ބޭނުންވާ އެކި އެކި ޚިދުމަތްތައް ފޯރު ކޮށްދޭނެ އިންތިޒާމް ތައް ހަމަ ޖައްސައި ދިނުމެވެ.