logoEN
ޚަބަރު

އެގްރޯނެޓާ މެދު ދޮގު ވާހަކަ ފަތުރާތީ އެކަން ކުށްވެރިކޮށްފި

އެގްރޯނެޓްގެ މެނޭޖްމެންޓްގެ ބޭފުޅުންނާއެކު އެ ކުންފުނީގެ އެމްޑީ ހުސައިން ދީދީ -- ފޮޓޯ: އެގްރޯނެޓް

އެގްރޯނެޓްގެ މެނޭޖްމެންޓްގެ ބޭފުޅުންނާއެކު އެ ކުންފުނީގެ އެމްޑީ ހުސައިން ދީދީ -- ފޮޓޯ: އެގްރޯނެޓް

އެގްރޯނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެގްރޯނެޓް) އަދި އެ ކުންފުނީގެ އިސް ދެ ފަރާތަކާ މެދު ދޮގު މައުލޫމާތު ފަތުރާތީވެ، އެކުންފުނިން އެކަން ކުށްވެރިކޮށްފިއެވެ.

އެގްރޯނެޓާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ އެކަމުން ކަންބޮޑުވުން އެކުންފުނިން ފާޅުކޮށްފައިވަނީ، އެކުންފުނި އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަހްމަދު ދީދީ އާއި އެކުންފުނީގެ އެޗްއާރް މެނޭޖަރު އައިޝަތު ޝާޒްލީން އާ ގުޅޭގޮތުން ރާއްޖޭގެ އޮންލައިން ނޫސްތަކެއްގައި ލިޔުނު ދެ ޚަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުމާއެކު އެގްރޯނެޓުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ނޫހެއްގައި އެ ކުންފުންޏާ ބެހޭ ގޮތުން ފަތުރަމުންދާ މައުލޫމާތަކީ ސައްޚަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއްފަތުރާފައިވަނީ އެގްރޯނެޓް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލު ކުރުމަށް، ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައިކަން އެ ބަޔާނުގައި އެގްރޯނެޓުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެކުންފުނިން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލުކުރާ މުވައްޒަފުންގެ ލިސްޓެއް ތައްޔާރު ކުރަމުންދާ ވާހަކައަށް އިޝާރަތްކޮށް އެގްރޯނެޓުން އެ ވާހަކަ ވެސް ދޮގުކޮށްފައިވާއިރު، އެކަމާ ގުޅިގެން ގްރޯނެޓްގެ މުއައްޒަފުންގެ މެދުގައި ކަންބޮޑުވުން އުފެދި، ތަނުގެ މަޞްލަޙަތަށް ބުރޫއަރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި އެގްރޯ ނެޓް އިން ބުންޏެވެ.

އެ ކުންފުނިން ވަނީ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ލިބޭ ޚިޔާލު ފާޅުކުރުމުގެ ޙައްގު ނަހަމަ ގޮތުގައި ބޭނުންނުކުރި ނަމަވެސް، އެ ހައްގަކީ ޢާންމު މަޞްލަޙަތު ނަގާލަން އޮންނަ ހަތިޔާރެއް ނޫންކަމުގައި ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގްރޯނެޓް އުފައްދާފައިވަނީ މިދިޔަ ސަރުކާރުގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށެވެ. އެ ކުންފުނި އުވާލައި އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ސަރުކާރުން ނިންމީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

އެގްރޯނެޓްގެ ޕޭރަންޓް ކުންފުނިކަމުގައިވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ލަފާގެމަތިން ، އެކަން ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder