logo
Bank of Maldives

Bank of Maldives

ޚަބަރު

މޫކޭ ބުނި ގޮތުގައި އެގެއިން ފުލުހުން ގެންދިޔައީ 27 ނޮކެއާ ފޯނު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 ޑިސެމްބަރު 2024 - 11:58
އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު. އޭނާގެ މައްޗަށް ކުރެވެނީ އެކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަ -- ފޮޓޯ؛ އާރްޑީސީ
އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު. އޭނާގެ މައްޗަށް ކުރެވެނީ އެކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަ -- ފޮޓޯ؛ އާރްޑީސީ

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)ގެ ގެއަށް ފުލުހުން ވަދެ، ގެންދިޔައީ 27 ނޮކެއާ މޯބައިލް ފޯނުކަމުގައި މޫކޭ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު، ގާތްގަޑަކަށް ދޭއްޖެހި އިރު ފުލުހުން މޫކޭގެ އިތުރުން، އާރްޑީސީގެ ކުރީގެ ސީއެފްއޯ ކަމުގައިވާ ޔާސިރު ހަސަން ދިރިއުޅޭ ގެއަށް ފުލުހުން ވަނީ އާރްޑީސީގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ މައްސަލައިގައި ފުލުުހުންގެ ތަހުގީގުގެ ބޭނުމަކަށެވެ. އެއާއެކު، މޫކޭގެ ގެއިން ފެނުނުކަމަށް ބުނެވޭ އަގު ބޮޑެތި ގަޑިތަކާއި ދަބަސްތަކާއެކު ގިނަ ތަކެތި ހިމެނޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދަނީ ދައުުރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް އެ ފޮޓޯތަކަކީ އާރްޑީސީގެ މައްސަލައާ ގުޅުން ހުރި ފޮޓޯތަކެއް ނޫންކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން "ބަލައި ފާސްކުރުމަށް ފަހު ހިފެހެއްޓުނު ތަކެތީގެ މައުލޫމާތު" ގެ ފޮޓޯތަކެއް ހާމަކުރަމުން މޫކޭ ބުނި ގޮތުގައި އެގެއިން ގެންދިޔައީ ނޮކެޔާ ބްރޭންޑުގެ ފޯނުތަކެކެވެ. އަދި އެ ފޯނުތަކަކީ ކެމްޕެއިންގައި ބޭނުންކުރި ނޮކެއާ "ރޮލެކްސް"ތަކެއް ކަމުގައި މޫކޭ ބުނެފައިވެއެވެ. އެ ފޮޓޯތަކުގައިވާ ގޮތުން، އެ ހުރިހާ ފޯނެއް ވެސް ތިބީ، މޫކޭގެ އެޕާޓްމެންޓަށް ވަންނައިރު، ކަނާތް ފަރާތަށް ފުރަތަމަ ޖެހޭ ކޮޓަރި ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައެވެ.

އެގޮތުން މޫކޭ ހާމަކުރި ފޮޓޯތަކުގައިވާ ބަލައި ފާސްކުރުމަށް ފަހު ހިފެހެއްޓުނު ތަކެތީގެ މައުލޫމާތު"ގެ ފޯމުގައި ތަކެތި ނެގުމުގައި އިސްކޮށް ހުރިކަމަށް ބެލެވޭ ފުލުހަކު ސޮއިކޮށްފައި ވެސް ވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ވެސް، އެ އޮޕަރޭޝަނުން ގެންދިޔައީ އިލެކްޓްރޯނިކް ސާމާނުތަކެކެވެ. އެހެން ނަމަވެސް އެ ތަކެތީގެ މައުލޫމާތުތަކެއް އޭރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ފުލުހުން ވަނީ މޫކޭ ދިރިއުޅޭ ގ. ދިލްކަށި ގޭގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމެންޓު އޭގެ އިތުުރުން، މޫކޭގެ އަންހެނުން ދިރިއުޅޭ އެކެއްބީ ވިނަރެސް ޓަވަރުގެ 12 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމެންޓަށެވެ. އޭގެ އިތުރަށް ފުލުހުން ވަނީ އޭރުގެ ސީއެފްއޯ ޔާސިރު ހަސަން ދިރިއުޅޭ ޕޮލްކޯ ފްލެޓުގެ އެޕާޓްމެންޓަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންއެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިޚަބަރު | 12 ގަޑިއިރު ކުރިންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކުރާ އުޅަނދުތައް ޓޯ ކުރަނީޚަބަރު | 3 ދުވަސް ކުރިން