ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ސަލާމްކުރައްވަނީ ---ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
01 ޖެނުއަރީ 2025 - 06:42
ރާއްޖެއާއި ޗައިނާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
އެންމެ ފުރަތަމަ 2014 ވަނަ އަހަރު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް، އޭރުގެ މަޖިލީހުން ވެސް 2017 ވަނަ އަހަރު ރުހުން ދިންއިރު، އެ އެއްބަސްވުމުގެ މަސައްކަތްތައް ކުރިއަށް ނުދިޔައީ 2018 ވަނަ އަހަރު އޭރުގެ ވެރިކަން ބަދަލުވެ، އޭރު އޮތް އެމްޑީޕީގެ ވެރިކަމުން އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުކަމުގައިވާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ އެއްބަސްވުމުގެ މަޝްވަރާތައް އަލުން ފެއްޓެވިއެވެ. އެގޮތުން އެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ނިންމައި، އެ އެއްބަސްވުމުގައި މި ފަހުން އަލުން ސޮއިކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
އެގޮތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ މިނިސްޓާ އޮފް ކޮމާސް ވަން ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
އެއާއެކު މިއަދުން ފެށިގެން އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު، މި އެއްބަސްވުމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ވަރަށް ބޮޑުތަނުން ކުޑަވެ، ޗައިނާ އިން ގެންނަ މުދާތަކުގެ އަގު ހެޔޮވާނެއެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް މާފު ވާނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމާ އެކު ޗައިނާ އާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް، ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ހުޅުވޭއިރު، މިހާރު ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭ ކަމުގައި އިގްތިސާދީ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން