logo
ޚަބަރު

އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އަދީބުގެ މައްޗަށް ހުކުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖެނުއަރީ 2025 - 04:34
އެއް މިލިއަން ރުފިޔާގެ  ޖޫރިމަނާ ދައްކަން އަދީބުގެ މައްޗަށް ހުކުމެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ހުކުމާއި ގުޅިގެން، އެ ޖޫރިމަނާ ފައިސާގެ ތެރެއިން އަދީބު އޮތީ އެއް މިލިއަން ރުފިޔާ ނުދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހުކުމާ އެއްގޮތަށް އަދީބުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. 

އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނި ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރު ކުރާ ކަމަށެވެ. 

އެހެންވެ އެއް މިލިއަން ރުފިޔާ  އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަދީބުގެ މައްޗަށް ބޮޑު ހުކުމެއް އައިސްފައިވީ ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އޭނާ ވަނީ މިނިވަންކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފިޚަބަރު | 5 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | 12 ދުވަސް ކުރިންކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މަންދީގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | މަހެއް ކުރިންކޮރަޕްޝަން ނައްތާލެވޭނީ ތުހުމަތުކުރެވޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅައިގެން: ރައީސްޚަބަރު | 7 މަސް ކުރިން