ނޭޝަނަލް ވޮލީބޯލް ލީގުގެ ޗެންޕިއަންކަން ކުލަބު އެޗް.ޑީ.ސީއަށް
.jpg&w=3840&q=75)
މުބާރާތުގެ ޗެންޕިއަންޓީމް ކުލަބް އެޗް.ޑީ.ސީ: ފޮޓޯ: ޥީ.އޭ.އެމް

03 ޖެނުއަރީ 2025 - 04:14
ނޭޝަނަލް ވޮލީބޯލް ލީގުގެ ޗެންޕިއަންކަން ކުލަބު އެޗް.ޑީ.ސީއިން ހޯދައިފިއެވެ. 4 ޓީމު ބައިވެރިވި މިމުބާރާތުގައި ޗެންޕިއަންޓީމު ކަނޑައަޅާފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއްވެސް އަނެއްޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެންޕިއަންކަން ލިބޭގޮތަށެވެ.
މިމުބާރާތުގައި ކުލަބް އެޗް.ޑީ.ސީގެ ފުރަތަމަ މެޗުގައި ލީގުގައި ބައްދަލުކުރީ ޕޮލިސްކުލަބާއެވެ. މިމެޗު ކުލަބް އެޗް.ޑީ.ސީ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ކުލަބް އެޗް.ޑީ.ސީ ދެވަނަ އަދި ތިންވަނަ މެޗުގައި ސްޕޯރޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޯ ވޮލީ ވާދަކޮށް މޮޅުވީ ސީދާ 3 ސެޓުންނެވެ.
މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުގެ ފުރަތަމަ މެޗާއި ދެވަނަ މެޗުގައި ސްޕޯރޓްސް ކުލަބް ސިޓީއާ ބްލޫސް ފޯރ ވޮލީ އާއި ވާދަކޮށް ދެމެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބެވެ. އަދި 3 ވަނަ މެޗުގައި ޕޮލިސްކުލަބު އަތުން 1-3 އިން ދިވެހި ސިފައިންގެ ކުލަބު ވަނީ މެޗުހޯދާފައެވެ.
ލީގުގެ ފަހުމެޗަށް މިދެޓީމު ނިކުތްއިރު ދިވެހި ސިފައިންގެ ކުލަބު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ތާވާލުގެ ދެވަނައިގައި އޮތީ ކުލަބް އެޗް.ޑީ.ސީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ އެޗް.ޑީ.ސީ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެގޮތުން ފުރަތަމަ ސެޓު 25-21 އިން ދިވެހި ސިފައިންގެ ކުލަބު ކާމިޔާބުކުރިއިރު ޖެހިގެން އައި ތިންސެޓު އެޗް.ޑީ.ސީ އިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 19-25، 21-25 އަދި 14-25 އިންނެވެ.
މުބާރާތުގެ އެންމެ އަގުހުރި ބޭރުކުޅުންތެރިޔަކަށް ކުލަބު އެޗް.ޑީ.ސީގެ މުބައްޝިރު ރަޒާން އަށް ލިބިފައިވާއިރު، މުބާރާތުގެ އެންމެ އަގުހުރި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރަޒާން އެވެ.
މިމެޗުގެ ސަރަފުވެރި މެހެމާނަކީ ޗީޕް.އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނަރަލް އިބްރާހިމް ހިލްމީއެވެ.
އިތުރު ލިޔުންތައް

ރާއްޖެއިން ދެއްކި މޮޅު ކުޅުމާއެކު ވެސް، ކަވާ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނަށް
8 މަސް ކުރިން
ކާވާގައި ބައިވެރިވާ ފިރިހެން ޓީމުގެ ޖާޒީ ޙަވާލުކޮށްފި
7 މަސް ކުރިން
ކާވާ 20 އަހަރުން ދަށުގެ މުބާރަތް :ނޭޕާލް އަތުން ވެސް ތިން ސެޓުން ރާއްޖެ ބަލިވެއްޖެ
7 މަސް ކުރިން