logo
MPL

MPL

ޚަބަރު

މާލެއަށް ކުރި ވިއްސާރަ: 30،000 ޓަނަށްވުރެ ގިނަ ފެން ހިންދައިފި

ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވުމުގެ ތެރެއިން --ފޮޓޯ: އެމްއެންޑީއެފް
ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވުމުގެ ތެރެއިން --ފޮޓޯ: އެމްއެންޑީއެފް

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި، 30،000 ޓަނަށް ވުރެ ގިނަ ފެން ހިންދާފައިވާ ކަމުގައި ދިވެހި ސިފައިންގެ ޚިދުމަތުން ބުނެފިއެވެ.

ސިފައިން ބުނި ގޮތުގައި، އިއްޔެ ސިފައިންނާއި، މާލެ ސިޓީ ކައުންސިލް، ފުލުހުން އަދި ސިޓީސް މިނިސްޓްރީގެ މުވައްޒަފުން އެކުގައި ކުރި މަސައްކަތުން މާލޭގެ ފެންގަނޑު ހިންދައި، އާންމުންނަށް ވެލިބަސްތާ ޖެހުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން 30،569 ޓަނުގެ ފެން ހިންދާފައިވާ ކަމުގައި ވެސް ސިފައިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވިއްސާރައާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އާންމުކުރި އަދާ ހަަމައިގައި، މާލޭގައި ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓް ކޮށްފައިވެއެވެ. މިގޮތުން މީގެ ތެރެއިން 554 ރިކުއެސްޓަކީ ވެލިބަސްތާ ޖެހުމަށްއެދި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ހަމަ އެހެންމެ އެންޑީއެމްއޭ، ދިވެހި ފުލުހުން، އަދި ދިވެހި ރެޑް ކްރެސެންޓުގެ އެހީގައި، މާލެއިން ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން ރިޕޯޓް ކުރެވުނު 53 ގެއެއްގެ ރެޕިޑް އެސެސްމެންޓު ހެދިފައިވާ ކަމަށް އެންދީއެމްއޭއިން މައުލޫމާތުދެއެވެ. މީގެ ތެރެއިން އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ 36 ގޭބީސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއީ ކެއުން ބުއިން ފޯރުކޮށްދީފައިވާ ކަމަށް އެއޮތޯރިޓީއިން ފާހަގަ ކުރެއެވެ.  

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި، ގިނަ ރަށެއްގައި ވަނީ ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިވެފައެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްތަށް ފެންބޮޑުވުމުގެ ސަބަުން ހަ ރަށެއްގައިވެސް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންމަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފްޚަބަރު | 7 ދުވަސް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 11 ދުވަސް ކުރިންބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 13 ދުވަސް ކުރިން