logo
MPL

MPL

ޚަބަރު

މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަގިނައިން މި މަންޒަރު ފެންނާނެ : ނަޝީދު

ރަނާ އަޙްމަދު ފަޔާޒް
4 ޖެނުއަރީ 2025 - 13:00
މާލެއަށް ކުރި ވިއްސާރައިގައި، މާފަންނުގައި ފެން ބޮޑުވެފައި -- ފޮޓޯ: މިހާރު
މާލެއަށް ކުރި ވިއްސާރައިގައި، މާފަންނުގައި ފެން ބޮޑުވެފައި -- ފޮޓޯ: މިހާރު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އިއްޔެ ފެނުނު ފަދަ މަންޒަރުތައް އަދިވެސް ފެންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދުނިޔެ ހޫނުވެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި، ދުނިޔެ ހޫނުކުރާ ނަމަ މިފަދަ ކަންކަން ގިނަގިނައިން ފެންނާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރާއްޖެއަކީ ދުނިޔެ ހޫނުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގައި ހިއްސާއެއްވާ ގައުމަކަށް ނުވާއިރު، ރާއްޖެއިން މޫސުމީ ބަދަލުތަކުގެ އަގު އަދާކުރަން ޖެހުމަކީ ބޭއިންސާފެއް ކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.

View post on Twitter

 

އަދި އެކަމުގެ ސަބަބުން އެތައް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށާއި އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށް ވެސް ނަޝީދު އެ ޕޯސްޓުގައި ވިދާޅުވިއެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި، ގިނަ ރަށެއްގައި ވަނީ ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިވެފައެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްތަށް ފެންބޮޑުވުމުގެ ސަބަަބުން ހަ ރަށެއްގައިވެސް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މީގެއިތުރުން މި ވިއްސާރައިގެ ސަބަބުން މުޅި މާލޭގައި ވަރަށް ބޮޑަށް ވަނީ ފެންހެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދުޚަބަރު | 4 ދުވަސް ކުރިންބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވިސްނުންތައް އެމްޑީޕީން ބަލައިގަންނާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަވައިފިޚަބަރު | 4 ދުވަސް ކުރިންކީހާޅެން ފަރިއްސަށްވެ ތެލާ ފެން އެކުވެ ސަނާކިޔުމުގައިރިޕޯޓް | 2 މަސް ކުރިންކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓްޚަބަރު | 6 މަސް ކުރިން