logo
Bank of Maldives

Bank of Maldives

ވިޔަފާރި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖެނުއަރީ 2025 - 21:26
     ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު އިއްޔެ ސޮއިކުރެވުނެވެ.

މިއީ އުރީދޫ މޯލްޑިވްސްއިން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ތިންވަނަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތް މިރޭ ވަނީ ރަސްމީކޮށް ފަށާފައެވެ. މުބާރާތް ފެށުނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި ޓީމު ބައްދަލުކުރި ޗެރިޓީ ޝީލްޑް މެޗަކުންނެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން 130 ޓީމެއް ބައިވެރިވެއެވެ. މުޅި މުބާރާތުގައި ޖުމުލަ 320 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވަރަށް ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ކުޅިވަރަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. މީގެ ކުރިންވެސް އުރީދޫއިން ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިކުޅިވަރު | 3 މަސް ކުރިންރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފިޚަބަރު | 6 މަސް ކުރިންހިއްސާއަކަށް 3.43 ރުފިޔާ ދޭން ހުށަހަޅުމަށް އުރީދޫގެ ބޯޑުން ފާސްކޮށްފިވިޔަފާރި | 7 މަސް ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫވިޔަފާރި | 8 މަސް ކުރިން