ދެވަނަ ޓާމް ޗުއްޓީއަށް ފަހު މިއަދު ސްކޫލްތަކުގައި ކިޔެވުން ފަށައިފި
5 ޖެނުއަރީ 2025 - 04:51

ދެވަނަ ޓާރމް ޗުއްޓީއަށް ފަހު މިއަދު ރާއްޖޭގެ ސްކޫލަތަކުގައި ކިޔެވުުން ފަށައިފިއެވެ.
ދެވަނަ ޓާމްގެ މިޑް ބްރޭކްއަށް ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ. ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މިއަދު ހެނދުނު 7:30 އިން ފެށިގެން ރާއްޖޭގެ ގިނަ ސްކޫލެއްގައި ވަނީ ކިޔެވުން ފަށާފައެވެ.
މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދެއެވެ. ދެ ދަންފަޅިއަށް ކިޔަވައިދެމުންދަނީ 55 ސްކޫލެއްގައެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.ކުރިއަށްމިދާ ދިރާސީ އަހަރުގައި 96000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު އޭގެތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އެގޮތުން 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިހާރު އޮންނަގޮތަށް އަހަރުގެމެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރީ، ކޮވިޑް 19އާއި ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ބުނެފައެވެ.އެގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ވަނީ ފަށާގޮތަށް ހަމަޖެހިފައެވެ.