logo
Bank of Maldives

Bank of Maldives

ޚަބަރު

މި ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނަށް ފާގަތި އަހަރަކަށްވުން އެދެން: ފަސްޓް ލޭޑީ

އިސްމާޢިލް ރާތިޢު
27 ޖެނުއަރީ 2026 - 04:15
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ފާގަތި އަހަރަކަށްވުން އެދިވަޑައިގެންފިއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ރައީސްގެ އަނބިކަނބަލުން ވަނީ، ކޮންމެ ކިޔަވާ ކުއްޖަކަށްވެސް މިއީ ފާގަތި، ބާއްޖަވެރި އަހަރަކަށް ވުން އެދި ހެޔޮ ދުޢާކުރެއްވުމާއެކު، ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަރިވަރުންނާއި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ އެދުރުންނާއި ހިންގުންތެރިންނާއި އެހީތެރިންނަށް އަރިސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

މީގެ ހަރަތު އަހަރު ކުރިން، ކޮވިޑުގެ ޢާލަމީ ވަބާއާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާގޮތަށް އޮތް އޮތުން ބަދަލުކުރުމަށްފަހު މިއަދު ވަނީ، ފުރަތަމަ ފަހަރަށް ޖަނަވަރީ މަހުގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77،000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން ދާނެކަމަށް ތަޢުލީމީ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީޚަބަރު | 2 މަސް ކުރިންދަރަނބޫދޫ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފިޚަބަރު | 2 މަސް ކުރިން