logo
Bank of Maldives

Bank of Maldives

ޚަބަރު

ސީދާ ރައްޔިތުންގެ ގާތަށް ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރަޢީސް އަކީ މުޢިއްޒު: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖެނުއަރީ 2025 - 02:35
 ސީދާ ރައްޔިތުންގެ ގާތަށް ދަތުރު ކުރަމުންދާ ހަމައެކަނި ރަޢީސް އަކީ މުޢިއްޒު: މަމްދޫހް

ސީދާ ރައްޔިތުންގެ ގާތަށް، ކައުންސިލްތަކުގެ ދޮރުތައް ހުރަސްކޮށް، ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރަޢީސް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ސިލްސިލާ ދަތުރުތަކެއް ފައްޓަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ދަތުރުފުޅު ކ. ގުޅިއަށް ރައީސް އިއްޔެ ކުރަށްވާފައިވާއިރު، މެމްބަރު މަމްދޫހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަމްދޫހް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ބަސް އިއްވަން ކައުންސިލްތައް، ބޮޑު އަގު ދީގެން ކަނޑުމަގުންނާއި ވައިގެމަގުން، ވެރިމީހާގެ ފައިންޕުޅު ދެކުމަށް، ފޮށިތަންމަތި ބަނދެގެން، މާލެ ދަތުރުކޮށް، ރައީސް އޮފީހުގެ ދޮރުމަތީ ކުރުކާލިކަނޑަން ޖެހުނު ކަމަށެވެ.

އެކަން ނިމުމަކަށް ގެނެސް، ސީދާ ރައްޔިތުންގެ ގާތަށް، ކައުންސިލްތަކުގެ ދޮރުތައް ހުރަސްކޮށް، ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު ކަމަށް މަމްދޫހް ވިދާޅުވެފަވެއެވެ.

 

View post on Twitter

 

ރައީސްގެ މި ސިލްސިލާ ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި، އެ ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރަށްވައެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރަށްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިޚަބަރު | 11 ގަޑިއިރު ކުރިންއ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސްޚަބަރު | ދުވަހެއް ކުރިންމުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | 2 ދުވަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 3 ދުވަސް ކުރިން