logo
Bank of Maldives

Bank of Maldives

ޚަބަރު

އަތުހަރުގެ މަރު: 2 ފުލުހުންނަށް ދައުވާކުރަން ފޮނުވައިފި

އާމިނަތު ޝަފާ
6 ޖެނުއަރީ 2025 - 05:12
އަތުހަރު
އަތުހަރު

އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި ޖަލު ގޮޅީގައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ އެ މައްސަލައިގައި ޝާމިލުވާ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ފުލުހުން ގޮސް އަންހެންކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަތުހަރަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލްގައި ފަރުވާދިނެވެ. އެއަށްފަހު ބަންދަށް ޖަލަށް ބަދަލުކޮށްފައި ހުއްޓާ ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

2 ސެޕްޓެމްބަރު ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް އެދުވަހި ހަވީރު 4:08 ހާއިރު އައިޖީއެމްއެޗްގައި އަތުހަރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.

މިހެންކަން ހިނގުމުން ފުލުހުން ވަނީ އަތުހަރު މަރުވި ގޮތް ބަލަން ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.

އޭގެފަހުން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަތުހަރުގެ މަރުގެ ސަބަބަކީ ދަންޖެހުން ކަމަށް ޕޯސްޓަމް ރިޕޯޓުން ދައްކާފައިވާކަން ފުލުހުން ވަނީ ބުނެފައެވެ. ނަމަަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލޭންޑުން މާލެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންރަމަޟާން މަހު އެކްސިޑެންޓުތަކުގެ އަދަދު އިތުރު: ފުލުހުންޚަބަރު | 3 ދުވަސް ކުރިންމުވައްޒަފުންތަކެއްގެ މުސާރަ އޮޅިގެން ހަވާލުކުރެވުނީ އެހެން މީހަކާ، ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިން