logo
ޚަބަރު

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަނީ

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަނީ

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަން ތައްޔާރު ވެއްޖެއެވެ.

އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދާ ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލްމް އިންސްޓިޓިއުޓުން ބުނީ، ދިވެހި ބަހުން ކިޔަވައިދޭ، އެއް އަހަރު ދުވަހުގެ މި ޑިޕްލޮމާ ޕްރޮގްރާމުގައި ކިޔަވައި ދެނީ ރާއްޖޭގެ ޢިލްމީ ބޭފުޅުން ކަމަށެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ހިމެނެނީ، އަޤީދާ އެންޑް އިސްލާމިކް އެތިކްސްއާއި  ޒަކާތު ސައިންސްގެ ޢާންމު އުޞޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުޢީ ޙުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި  ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޒަކާތުގެ ދައުރު ހިމެނެއެވެ. އަދި މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީޢަތުގެ މައްސަލަތައް ވެސް ހިމެނެއެވެ.

އިސްލާމީ އިޤުތިޞާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހަކަށްވާނެ ކަމަށާއި ވަރަށް އަވަހަށް މި ޕްރޮގްރާމުގައި ބައިވަރިވާޏް އިއުލާންކުރާނެ ކަމަށް އިލްމް އިންސްޓިޓިއުޓުން ބުންޏެވެ.

އިލްމް އިންސްޓިޓިއުޓުން އަންނަނީ ޤުރުއާނާއި އިމާމުންނާއި މިސްކިތް ބެލެހެއްޓުމާ ގުޅޭ ކޯސްތަކެއް ވެސް ހިންގަމުންނެވެ. އަދި 100 ހާފިޒުން ޕްރޮގްރާމެއް ވެސް ކާމިޔާބު ކަމާއެކު ހިންގަމުން ގެންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތުގެ ގާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާ ހެޔޮ ސަފްހާއެއް: ވަޒީރު ޑރ. ޝަހީމް ޚަބަރު | 22 ދުވަސް ކުރިންޒަކާތާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޤާނޫނެއް ގެންނަނީ ޚަބަރު | 25 ދުވަސް ކުރިންގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ ޚަބަރު | 5 މަސް ކުރިންމިހާރު ދިރާގު އެޕުން ވެސް ޒަކާތް ދެއްކޭނެޚަބަރު | 5 މަސް ކުރިން