logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ޚާރިޖީ ވަޒީރު ޚަލީލް، ޔޫއޭއީ ގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރަނާ އަޙްމަދު ފަޔާޒް
7 ޖެނުއަރީ 2025 - 05:10
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު  ޢަބްދުﷲ ހަލީލް،  ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދުއާ ބައްދަލުކުރެއްވުން -- ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ހަލީލް، ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދުއާ ބައްދަލުކުރެއްވުން -- ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ހަލީލް، ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އަށް ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ޚަލީލް، ޔޫއޭއީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފައިވަނީ، އެގައުމަށް ވަޒީރު ޚަލީލު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ބައްދަލުކުރެއްވުމުގައި ޔޫއޭއީ ގެ ޚާރިޖީ ވަޒީރު ވަނީ ވަޒީރު ޚަލީލު އެ ގައުމަށް ވަޑައިގެންނެވުމުން މަރްޙަބާ ދަންނަވާފައެވެ. އަދި ޢަރަބި ޢިމާރާތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވެސް އެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޚަލީލް، ރަސްމީ ދަތުުރުފުޅެއްގައި ޔޫއޭއީއަށް ފުރާވަޑައިގެންނެވީ މި މަހުގެ 5 ވަނަ ދުވަހު، އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުއެވެ. އެގޮތުން ވަޒީރު ޚަލީލް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ޚާރިޖީ ވަޒީރު ސުބްރަޔަމަން ޖައިޝަންކަރުއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | 2 ދުވަސް ކުރިންޚަރަދުކުޑަކުރުމުގެ ފިޔަވަޅު އަޅާނީ ރައްޔިތުންނަށް އިތުރު ތަކުލީފު ނާންނާނެގޮތަށް - ވަޒީރުންގެ ޚާއްޞަ ކޮމިޓީޚަބަރު | 23 ދުވަސް ކުރިންސަލާމަތީ ސަބަބުތަކަށްޓަކާ ޔޫއޭއީ ގެ ވައިގެ ސަރަހައްދު ބަންދުކޮށްފިދުނިޔެ | މަހެއް ކުރިންދުބާއީ އެއާޕޯޓް ކައިރި އަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާން ރޯވުމުން އެއާޕޯޓް ހުއްޓުމަކަށްދުނިޔެ | މަހެއް ކުރިން