އެއާޕޯޓުގައި ޕިކަޕަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކާރާއި ޕިކަޕް ޖެހި ހިނގި އެއާޕޯޓުގައި މިއަދު ހިނގި އެކްސިޓެން : ފޮޓޯ -- ޓުވިޓާ

07 ޖެނުއަރީ 2025 - 05:46
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ މިއަދު ހެދުނު 09:45 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގީ، ކާރެއް އެއާޕޯޓުގެ ރޯޑް ޑިވައިޑާތަކުގައި ޖެހި، ކޮންޓްރޯލް ނުވެ ވޭނެއްގައި ޖެހުމަށް ފަހު ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ.
ސޯޝަލް މީޑީޔާގައި ދައުރުވާ ވީޑިޔޯތަކުން ފެންނަ ގޮތުން، އެކްސިޑެންޓުވި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ފޮޓޯތަކުން ފެންނަ ގޮތުން، ކާރުގެ ކުރީކޮޅު އޮތީ ޕިކަޕުގެ ތެރެއަށް ވަދެފައެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ އަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ އިތުރުން ކާރުު ފަހަތުގައި އިން މީހާ އަށް އަނިޔާ ވެގެން އެއާޕޯޓް ކްލިނިކް ގައި ވަނީ ފަރުވަދީފައެވެ. ކާރު ފަހަތުގައި އިން މީހާ އަށް ސީރިއަސް އަނިޔާ އެއް ވެފަ އެއް ނުވެއެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އިތުރު ލިޔުންތައް
.jpeg&w=3840&q=75)
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
7 މަސް ކުރިން
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން
އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
7 މަސް ކުރިން.webp&w=3840&q=75)