logo
މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެE-Platinum
ޚަބަރު

ހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް ސިފްކޯ ފްލެޓް ލިބިފައި ނޯންނާނެ: އެމްއެންޑީއެފް

ހުސައިން ވަސީމް
7 ޖެނުއަރީ 2025 - 13:49
ހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް ސިފްކޯ ފްލެޓް ލިބިފައި ނޯންނާނެ: އެމްއެންޑީއެފް

ހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް ސިފްކޯ ފްލެޓް ލިބިފައި ނޯންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައިވާއިރު ސިފްކޯ ފްލެޓު ނުދޭން ނިންމި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ވަނީ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފަ އެވެ. އެމައްސަލާގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދެ އޮފިސަރުންނަށް ފުލުޓުދޭން ނިންމާފަ އެވެ. އެ މައްސަލަ ސިވިލްކޯޓުގައި ކުރިއަށް ދަނިކޮށް ސިފްކޯ ފްލެޓު ދޭން ނިންމުމުން އެމައްސަލަ އެ މީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި ފްލެޓު ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިވެސް ކޮށްފަ އެވެ.

އެ މީހުންނަށް ސިފްކޯ ފްލެޓު ނުދޭން ނިންމީ އެމީހުންގެ އަނބިންގެ ނަމުގައި ހިޔާ ފްލެޓު ލިބިފައިވާތީ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ސިވިލް ކޯޓަށް އެމީހުން މައްސަލަ ހުށަހެޅީ، އަނބިމީހާ ނުވަތަ ފިރިމީހާއަށް ހިޔާ ފްލެޓް ލިބިފައިވާތީ ސިފްކޯ ފްލެޓް ނުދޭން އެ ކުންފުނިން ކުރިން ނިންމާފައިވާތީ ކަމަށެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ އެހާލަތުގައި ސިފްކޯފްލެޓު ދޭން ޖެހޭނެ ކަމަށް މީގެ ކުރިންވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.އެހެންވެ އެ ގޮތަށް ފްލެޓް ނުދޭން ނިންމި ސިފައިންނަށް ސިފްކޯ ފްލެޓް ދޭން ފަހުން ނިންމީ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓުލިބުމަކީ އޭނާ އަށް ފްލެޓު ލިބުން ނޫން ކަމަށެވެ. ފްލެޓް ހަވާލުކޮށް ލިޔުން ދިން އިރު އެފަދަ ޝަރުތެއް ނެތް ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ އެކަކަށް ދެ ފްލެޓް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ ދެ އޮފިސަރުން ސިވިލްކޯޓަށް ހުށަހެޅު މައްސަލައިގެ ދައުވާގައި ބުނެފައިވަނީ އެ ފްލެޓަށް އެދުނުއިރު އަދި ފްލެޓް ލިބޭނެ ކަމަށް ލިޔުން ދޫކުރުމަށް ފަހު އޭރު ނެތް ޝަރުތެއް ކުރިމަތިކުރުވައި ފްލެޓް ނުލިބޭނެ ކަމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އެމީހުން އެދިފައި ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށް، ފްލެޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސިފްކޯގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޔޫ ޖޮބް ފެސްޓިވަލުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެޚަބަރު | 2 މަސް ކުރިންމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ ޚަބަރު | 6 މަސް ކުރިންހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް ސިފްކޯ ފްލެޓް ލިބިފައި ނޯންނާނެ: އެމްއެންޑީއެފްޚަބަރު | 7 މަސް ކުރިންވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެއްޖެޚަބަރު | 7 މަސް ކުރިން